ޚަބަރު ސިޔާސީ

އެހެން މީހުން ވެއްޓޭ ލޯ ލެވެލް އަށް ވެއްޓެން ޖެހޭ ކަމަކަށް ޤަބޫލެއް ނުކުރަން: ޑރ. މުޢިއްޒު

ޙައްވާ އިނާޝާ ، ދެން އޮންލައިން

އެހެން މީހުން ވެއްޓޭ ލޯ ލެވެލް އަށް ވެއްޓެންޖެހޭ ކަމަށް ޤަބޫލު ނުކުރައްވާ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ޑރ. މުޢިއްޒު މިހެން ވިދާޅުވީ ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ސަލްޓަން ޕާކުގައި މިރޭ ބޭއްވި އިވެންޓުގައި އާންމުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

އެގޮތުން އެންޓި ކެމްޕޭނު ކުރުމުގެ ގޮތުން ތަފާތު އޯޑިއޯ އާއި ވީޑިއޯ ލީކު ކުރަމުންދިޔަ ނަމަވެސް ރައްދުގައި ޑރ. މުޢިއްޒު އެއްޗެއް ވިދާޅުނުވަނީ ކީއްވެތޯ ސުވާލު ދެންނެވުމުން މުޢިއްޒު ވިދާޅުވީ އެހެން މީހުން ވެއްޓޭ ލޯ ލެވެލް އަށް ވެއްޓުމަކީ އެ މަނިކުފާނު ޤަބޫލުކުރައްވާ ހަމައެއް ނޫން ކަމަށެވެ.

ހަމަ އެހެންމެ އެ މަނިކުފާނުގެ އަމިއްލަ ނަފްސަށް އިތުބާރު އެބައޮތް ކަމަށާއި އެހެންކަމުން އެކަމާއި ތެޅިގަނެގެން ބަޔަކަށް ރައްދުދީ ޒާތީ ވާންވީ ކީއްވެތޯ ވިދާޅުވެ މުޢިއްޒު ވަނީ ސުވާލު އުފައްދަވާފައެވެ.

މީގެ އިތުރުން ރަސްމީ އިދާރާއަކަށް ހާޒިރުކޮށް އެފަދަ ކަމަކާއި މެދު ސުވާލުކޮށްފިނަމަ ޖަވާބުދޭނެ ކަމަށާއި މިހާތަނަށް އެފަދަ އެއްވެސް ތުހުމަތެއް އެ މަނިކުފާނާއި ދެކޮޅަށް ސާބިތުކުރެވިފައި ނެތް ކަމަށާއި ނުވެސް ކުރެވޭނެ ކަމަށް މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

Ads by HDC
  1. ތިވިދާޅުވާ ލެވެލްއައް ތިބޭފުޅާ ވެއްޓޭ ދުވަހު ދެން އެހެން ވާހަކައެއް ދައްކާ އަޑު އިވޭނެ

    • ބޯހަރު

      ޒާޔާ އަމިއްލަ ފަސްބައި ރަގަޅުކުރެވޭތޯ ބަލާ. އެހެންމީހުންގެ ވާހަކަ ނުދައްދާ