ޚަބަރު

މުޢިއްޒު ދުވަހަކު ވެސް ދުންފަތުގެ އިސްތިއުމާލު ނުކުރައްވާ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުޙައްމަދު މުޢިއްޒު ދުވަހަކުވެސް ދުންފަތުގެ އިސްތިއުމާލު ނުކުރައްވާ ކަމަށް ވިދާޅުވެއްޖެއެވެ.

Ads by STELCO

"‏‏ދެން"ގެ "ނޯ ޔުއަރ ކެންޑިޑޭޓް" އަށް މުޢިއްޒު ވިދާޅުވީ ދުވަހަކުވެސް ދުންފަތް ބޭނުން ނުކުރައްވާ ކަމަށެވެ. މުޢިއްޒު ހާމަކުރެއްވި އިތުރު ބައެއް ކަންކަމުގެ ތެރޭގައި، ކޮންމެ ދުވަހަކުވެސް އާއިލާއާއިއެކު ހެނދުނުގެ ނާސްތާ ނަންގަވަން ވަޑައިގަތުމާއި، ބުރަކޮށް އުޅުއްވަމުން ވެސް އަނބިދަރިންނަށް ވަގުތު ދެއްވުމަށް އިސްކަން ދެއްވާ ކަމަށް ވިދާޅުވިއެވެ.

މުޢިއްޒު ވިދާޅުވީ އާއިލާ އެއްކޮށް ބައެއް ސީރީޒްތައް ވެސް ބައެއް ފަހަރު ބައްލަވާ ކަމަށެވެ.

ހައުސިން މިނިސްޓަރަކަށް ހުންނެވިއިރު، ގަވައިދުން ޖިމަށް ވަޑައިގެންނެވި ނަމަވެސް، ފަހުން އެކަން ގަވާއިދުން ނުކުރެވުނުކަން ފާހަގަކުރައްވައި، ރަނގަޅު ކާނާ ކެއުމަށާއި، ކެއުމުގެ ދޭތެރެއިން އެއްޗެހި ނުކެވޭތޯ ބައްލަވާ ކަމަށް ވެސް ވިދާޅުވިއެވެ.

މުއިއްޒުއަށް އެންމެ ރީތީ ނޫކުލަކަން ވެސް، މި އިންޓަރވިޔުގައި ހާމަކުރައްވައިފައިވެއެވެ.

 

 

Ads by Ooredoo
  1. ސީޓްބެލްޓް

    ރައީސް އިބޫ ވެސް އަދި ފޮރިނޭ ޝާހިދު ވެސް ހީކޮށްގެން ނުވާނެ އިންޑިއާ ސިފަައިން މިގައުމުގައި ބައިތިއްބައިގެން މަކަރާއި ހީލަތުން މަމެންނަށް އޮޅުވާލެވޭނެ ކަމަށް އެކަން ޖެހޭނީ ހަނދާން ނައްތާލަން އަދި މިއަންނަނީ ނޫންތޭ އިބޫގެ ވެރިކަން ވެއްޓި މުއިއްޒު މުއިއްޒު ވެސް ޖެހޭނެއޭ ހުވާ ކުރާތާ 24 ގަޑިއިރު ތެރޭ އިންޑިއާ ސިފަިއން މިގައުމުން ބާލާނެ ތާވަލް އިއުލާން ކޮށް އެއާއި އެއްގޮތަށް އެކަން ކުރަން ނުކުރާނަމަ ރައީސް އޮފީސް ވަށާލާނަމޭ މަމެން ޕިންކީން ހީނުކުރާތި ދޫދޭނެ ކަމަށް މަމެން މީ މާޒް ސަލީމް މެން ފަދަ ކަނޑުކޮސް އާލާތުން ނޫން ކަން ދައްކާނަމޭ މިފަަހަރު އެކަން ދަންނާތި މުއިއްޒު ވެސް އެކަން ދަންނާތި އިންޑިއާ ސިފައިން ޖެހޭނީ ބާލަން މަމެން ނުދޭނަމޭ ގިނަ ދުވަސް ތަކެއް މުއިއްޒު އަށް ވެސް މިކަން ދަންމާލަން ނުދޭނަމޭ ރައީސް ޔާމީން ގެއަށް ބަދަލުވާ ތަނުން 24 ގަޑިއިރުގެ މަސައްކަތަކަށް އޮންނާނީ އިންޑިއާ ސިފައިން މިގައުމުން ބާލާ އަދި އިންޑިއާގެ އެފްކޮންސް އަތުން އިންޑަސްޓްރިއަލް ވިލެޖް މިނިވަން ކުރުމޭ އަލްޓިމޭޓް ލައިން ދަމާނަމޭ މަމެން މަމެން މިއަންނަނީ މިއަންނަނީ މިއަންނަނީ މިއަންނަނީއޭ ރައީސް އިބޫ ޓައިޓެން ޔުއަރ ސީޓް ބެލްޓް ޕްލީޒް ވީ ގޮނާ ޓޭކް އޮފް ސީޓް ބެލްޓް އޮން ޕްލީޒް…

  2. ކަދުރުފާތުމާ

    މަށަށް ހެޔޮ އެކަނިހުރެ ސިގިރެޓުބޯ ރައީސެއް އަޔަސް، އޭގެ އުނދަގޫ އާނމުންނަށް ނުފޯރުވާ އަދި އެ ޕްރޮމޯޓު ނުކުރާ ނަމަ. ސިނގިރޭޓު ނުބޯކަމަށް ބުނާ އަނިޔާވެރި މަކަރުވެރިއަކު ވެރިކަމަށް އައުމަށްވުރެ ސިނގިރޭޓު ބޯ، ހިތްހެޔޮ ވެރިޔަކު މާ ރަނގަޅު. ޔާމީނުގެ އަނިޔާވެރިިކަން ކާނަލް ނާޒިމާ މައުމޫނާ ދެންވެސް ތިބި އޭގެ މީހުން ހަނދާނެއް ނެތް ބޭއިންސާފުން ޖަލަށްލީ ހަނދާނެއް. ޔާމީނުގެ ޝަރީއަތަކީ ޓީވީން ދަައްކަމުން ދިޔަ އެއްޗެއް. ޝަރީއަަތަށް ފަހު ހުކުމެއް ތަންފީޒު އެކުރަނީ. އަދީބަށް ލުއިދިނީ ތަހުގީގަށް އެއްބާރުލުން ދީ އޭނަގެ އަނގަ ހުޅުވީމަ، ދުނިޔޭގެ ބޮޑެތި، ތަރައްގީވެފައިވާ ގައުމުތައް ފަދައިން. އެކަމަކު ފިޔާތޮށި ލެންސް އައިނު އަޅާ މީހުންނަށް ވިސްނުމުގެ ބާރު ދޫކޮޮށް އޭރަކު ހިތާވާ ޕިންކީ ވެރިޔަކު ފަހަތުން އުޅޭނީ. އެވަރިހަމަ މައުމޫނަކަސް ޔާމީނަކަސް ދެންހުރި އަނެއް ޗޯރަަކަސް.