ޚަބަރު ސިޔާސީ

މާލެތެރޭގައި ގޭންގު ކުށްތައް އިތުރުވެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކޮށްފި

ޙައްވާ އިނާޝާ ، ދެން އޮންލައިން

ރިޔާސީ އިންތިޚާބުގެ ވޯޓުލުން މިއަދު ކުރިއަށްދާއިރު މާލެ ސަރަހައްދުގައި ގޭންގްކުށްތައް އިތުރުވެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

Ads by Sosun Fihaara

ފުލުހުން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ ޖިނާއީ ކުށްތަކަށް އަރައިގަންނަ ގުރޫޕްތަކުގެ ހަރަކާތްތައް މާލެތެރޭގައި މިއަދު އިތުރުވަމުން ދާކަމަށް ފުލުހުންނަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އެހެންކަމުން މިކަމާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި އިންތިޚާބުގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށް އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ފުލުހުން ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

އެގޮތުން މިފަދަ ގްރޫޕްތަކަށް ނިސްބަތްވާ ފަރާތްތަކުން ބައެއް މީހުނަށް އިންޒާރުދީ ބިރުދެއްކުމާއި އިންތިޚާބާ ގުޅުންހުރި ކަންކަމުގައި މިއަދު ހަރަކާތްތެރިވާ ބައެއް ފަރާތްތަކަށް ހަމަލާދިނުންފަދަ މައްސަލަތައް ފުލުހުންނަށް ރިޕޯޓު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މީގެ އިތުރުން ފުލުހުން ބުނީ މި މައްސަލަތައް ފުލުހުން ގެންދަނީ ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ތަހުގީގު ކުރަމުން ކަމަށެވެ.

މާލެ ސަރަހައްދުގައި ގޭންގްކުށްތައް އިތުރުވެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކޮށްފައިވާ ކަމަށް ފުލުހުން ބުނެފައި ވާއިރު ފުލުހުންގެ ޚިދުމަތުން މިހާރުވެސް ގެންދަނީ ރިޔާސީ އިންތިޚާބާއި ގުޅިގެން އޮޕަރޭޝަން ބްލޫވޭވްގެ ނަމުގައި އެލާޓް ލެވެލް އެންމެ މައްޗަށް ޖައްސައިގެން މަސައްކަތް ކުރަމުންނެވެ.

Ads by HDC
  1. ދޮގޭދޮގޭދޮގޭ

    ވެރިކަން ކުރާ ޕާރޓީން ވޯޓް ގަންނަން ފައިސާ މާލެ އާއި ރާއްޖެެތެރޭގައި ބަހަނީ އެކުށް ކުރަނީ ކިއެއްވެގެންތޭ ފުލުހުން ނުބަލާ ދޯ ކުށް އުފެދެން ފެށީ އެ މައްސަލަ އާއި ހެދި ފުލުހުންގެ ސެކިއުރިޓީ ވަރުގަދަ އެއްވެސް ނުކުރޭ އެވެސް ރޯ ބުހުތާނު ދޮގު ޕޮލިސް ކަމިޝަނަރު ހަދަނީ ދޮގޭ ތަމެން ހަދަނީ ކޮމިޝަނަރު ތަމެން ހަދަނީ ދޮގޭ ދޮގޭ ދޮގޭ ދޮގޭ ދޮގޭ

  2. ހަންޑި

    ތިކަމުގެ ޛިންމާ އުފުލަންވާނީ ކުށްވެރިން ޖަލުގައި ތިއްބައި މިނިވަންކޮށް ދޫކޮށްލި މިސަރުކާރުގެ ވެރިން. ވެރިންނަށް އެނގޭނެ ކުށްވެރިން ދޫކުރީމާ އެމީހުން ކުށް ކުރާނެ ކަންވެސް. ދެން ކޮންމއސް ޕާޓީއެއްގެ ބޮލުގައި އަޅުވަން މިސަރުކާރުން މަސައްކަތް ކުރާނެ ކަން ރައްޔިތުން ދަނޭ.