ޚަބަރު

ކެމެރާ ހިފައިގެން މަގުމަތީގައި ފޮޓޯ ނަގަން ވެސް އުޅެވިދާނެ: ރައީސް ޞާލިޙް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރިޔާސީ ދައުރު ނިމިވަޑައިގަތުމުން ހުސް ވަގުތު ލިބިވަޑައިގަންވާނެ ކަމަށާއި, އޭރުން ތަފާތު މަސައްކަތުގައި އުޅެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ރިޔާސީ އިންތިޚާބުގައި ލިބުނު ނާކާމިޔާބީއަށްފަހު ނޫސްވެރިންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ޞާލިޙް ވިދާޅުވީ, އެމަނިކުފާނަކީ ވެސް ބައެއް ހުނަރު ލިބިފައިވާ މީހެއް ކަމަށާއި ރައީސް ކަމުން ވަކިވެ ވަޑައިގަތުމަށްފަހު އެކި ދާއިރާއިން ފެނިގެން ގޮސްފާނެ ކަމަށެވެ.

އެއީ ކޮންކަމެއްތޯ ނޫސްވެރިޔަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ޞާލިޙް ވިދާޅުވީ, އެމަނިކުފާނަކީ ފޮޓޯ ނަގާ ހިއްވާ ބޭފުޅެއް ކަމަށާއި, ކެމެރާ ހިފައިގެން މަގުމަތީގައި އުޅޭތަން ވެސް ފެނިދާނެ ކަމަށެވެ. އަދި ނޫސްވެރިކަމުގައި ވެސް އުޅުއްވި ބޭފުޅަކަށްވާތީ, ކޮލަމިސްޓަކަށް ވެސް އުޅުއްވިދާނެ ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ޞާލިޙް ވިދާޅުވީ ވެރިކަމުގާއި ހުންނެވި އިރު، ހުރިހާ ކަމެއް ކުރެއްވީ ގާނޫނީ އިމުގެ ތެރޭގައި ކަމަށާއި ޖަވާބުދާރީ ނުވެވޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ.

އަދި ރާއްޖެ ދޫކޮށް ދާންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި ވެރިކަމަށްފަހު ވެސް ދިރިއުޅޭނީ މާލެއާއި ރަށުގައި ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

Ads by Ooredoo
  1. ދިރިއުޅުމަށް ބޭނުންވާ އެކިއެކި ހުނަރާއި މަސައްކަތް ދަސްކުރުމަކީ ވަކި އުމުރަކަށް އޮންނަ ކަމެއްނޫން އެޒަމާނަކަށް ބޭނުންވާ އެންމެ މުހިންމު ހުނަރެއް ދަސްކުރުން މުހިންމު ކޮންމެ ބޭފުޅަކުވެސް ، އެއީ ނަބީބޭކަލުންގެ ވެސް ސުއްނަތެއް ، ބަކަރި ހުއި ހެއްޕުން އެއީ އެޒަމާނުގައި ވިޔަފާރީގެ ވަރަށް ބޮޑު ހުނަރެއް އެހެންވެ އެކަން ގިނަ ނަބީ ބޭކަލުން ކުރެއްވި، އެހެނޭ ކިޔާފަ ގެރިބަކަރި ނުގެންގުޅޭ ތަނެއްގައި އެކަމެއްނުކުރެވޭނެ، އެތަނަކަށް ބޭނުންވާ ވިޔަފާރީގެ ހުނަރު ދަސްކުރަންވީ !

  2. އަގުޅިބޭ

    ގއ ހިލާފައް ފޮނުވި ސިޓީ ޔޯ ބަދަލު ދިނުމުގެ ނަމުގަ ޕަކަޅާ ކުރި ފައިސާޔޯ

  3. އަޒްރާ

    ހެޔޮވެރިކަން ފެށިގެން އަންނަނީ އިސްލާމް ދީނާއި އެދީނުގެ އުސޫލު ތަކުގެ ތެރެއިން އިބޫސޯލިހު ކެތްތެރި ހިއްތިރި ވެރިއެކޭ ބުނެ އޮޅުވާލެވޭކަށް ނެތް އިސލާމދީނަށް ފުރައްސާރަކުރި މޑނ އެއީ އިބޫގެ އައުވާނުން އެއްޖިންސުން ގުޅުން ހިންގި މީހުނަށްވެސް ދެވުނު އަދަބެއް ނެތް