ޚަބަރު

ހުޅުމާލޭގައި އަޅާފައިވާ އުރީދޫގެ އާ ހެޑްއޮފީސް ހުޅުވައިިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ހުޅުމާލޭގައި އަޅާފައިވާ އުރީދޫގެ އާ ހެޑްއޮފީސް ހުޅުވައިިފިއެެވެ.

Ads by Sosun Fihaara

މި އޮފީސް ހުޅުއްވައިދެއްވީ ގަތަރުގެ އުރީދޫ ގްރޫޕޫގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އަޒީޒް އަލް އުސްމާން ފަހްރޫއެވެ.

މި ރަސްމިއްޔާތުގައި އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހާލިދް އަލް ހަމަދީ ވިދާޅުވީ އުރީދޫގެ އާ އޮފީސް އިމާރާތަކީ މި ވޭތުވި 18 އަހަރުގެ ތެރޭގައި އެ ކުންފުނިން ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ.

އަދި ކުރިއަށް އޮތް ތަނުގައި ވެސް އުރީދޫގެ އަމާޒަކީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމާ އެކީ އެ ކުންފުނީގެ ކަސްޓަމަރުންނާއި މުވައްޒަފުންނަށް ވެސް ތަފާތު ތަޖުރިބާތައް ގެނެސްދިނުން ކަމަށް ހާލިދް ވިދާޅުވިއެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!