އުރީދޫއިން އައިފޯން 15 ގަތް މީހުންނަށް ފޯނު ހަވާލުކުރަން ފަށައިފި

އުރީދޫއިން އައިފޯން 15 ޕްރީއޯޑަރު ކޮށްފައި ހުރި ކަސްޓަމަރުންނަށް ފޯނުތައް ހަވާލު ކުރަން ފަށައިފިއެވެ.
ފޯނުތައް ހަވާލުކުރުމަށް އުރީދޫން ރޭ ވަނީ ލައިވް މިއުޒިކާއެކު، ހާއްސަ ހަރަކާތެއް ބާއްވާފައެވެ. ޕްރީ އޯޑަރ ކުރި ގިނަ ފަރާތަތްތަކަށް އެ ރަސްމިއްޔާތުގައި ފޯނު ހަވާލުކޮށްފައިވާއިރު ޕްރީއޯޑަރު ކުރި ކަސްޓަމަރުންގެ ތެރެއިން، ފޯނާއި ހަވާލުވުމަށް އިވެންޓަށް ނާންނަ ކަސްޓަމަރުންނަށް މޫލީއިން ފޯނުތައް ޑެލިވާ ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އުރީދޫއިން ބުނެއެވެ.
އުރީދޫއިން ބުނީ ފޯނު ގަންނަ އުރީދޫ ނެޓްވޯކްގެ ކަސްޓަމަރުންނަށް ތިން މަސް ދުވަހުގެ މުއްދަތަކާ އެކޯ 100 ޖީބީ މޮބައިލް ޑޭޓާ މުޅިން ހިލޭ ލިބޭނެ ކަމަށެވެ. އަދި ބޯނަސް ޑޭޓާ ހޯދުމަށް ފޯނު ޕްރީ އޯޑަރު ކުރާ ފަރާތްތަކުން "ބޮނަސް100 ޖީބީ" ކީވޯޑް ޖަހާފައި 5555 އަށް އެސްއެމްއެސް ކުރުމުން ލިބިގެންދާނެ ކަމަށް އުރީދޫން ވިދާޅުވިއެވެ.