ޚަބަރު

އެކުގައި ހުރިކަމުގައި ވިޔަސް މިފަހަރު އިންތިޚާބު ރައީސް ޞާލިޙަށް ކާމިޔާބެއް ނުކުރެވުނީސް: ރައީސް ނަޝީދު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ރައީސް ޞާލިޙް އަދި ރައީސް ނަޝީދު

ސެޕްޓެންބަރު މަހުގެ 30ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގައި, އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙާއި އެކުގައި ހުންނެވި ނަމަވެސް, އިންތިޚާބު ކާމިޔާބު ނުކުރެއްވޭނެ ކަމަށް, މަޖިލީހުގެ ރައީސް, ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ އިންޑިއާގެ ނޫހެއް ކަމަށްވާ "ދަ ހިންދޫ"އަށް ދެއްވި އިންޓަރވިއުއެއްގައެވެ.

އެ ނޫހުން ވަނީ މިފަހަރުގެ އިންތިޚާބުގައި, ރައީސް ޞާލިޙާއި އެކުގައި ހުންނެވި ނަމަ, އިންތިޚާބުގެ ނަތީޖާ އަނބުރާލެވިދާނެތޯ ސުވާލު ކުރުމުން ރައީސް ނަޝީދު ވިދާޅުވީ, ރައީސް ޞާލިޙް ނާކާމިބުވެ ވަޑައިގަންނަވާނެ ކަން އެމަނިކުފާނު 2020ވަނަ އަހަރުން ފެށިގެން ވިދާޅުވަމުން ގޮސްފައިވާ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ, އެކަކު މާ ގިނަ ދުވަހު ވެރިކަމުގައި ހުރުމަކީ ދިވެހިން ގަޔާވާ ކަމެއް ނޫން ކަމަށެވެ. އެގޮތުން 2008ވަނަ އަހަރު ރާއްޖޭގައި ފުރަތަމަ ފަހަރަށް މަލްޓި-ޕާޓީ ނިޒާމެއް ތައާރަފް ކުރެވުނީ, އޭރު އޮތް ދިގު 30 އަހަރުގެ ވެރިކަން ނިމުމަކަށް ގެންނަންކަން ނަޝީދު ފާހަގަ ކުރެއްވިއެވެ. އަދި އެކަކު ގިނަ ދުވަހު ވެރިކަމުގައި ހުރުމަކީ ޤައުމަށް ރަނގަޅު ގޮތް ނޫން ކަމަށް ވެސް ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގައި އެމްޑީޕީގައި ޓިކެޓްގައި ވާދަކުރެއްވުމަށް ވެސް ރައީސް ނަޝީދު ވަނީ މަސައްކަތްޕުޅު ކުރައްވާފައެވެ. ނަމަވެސް އެފަހަރުގެ އިންތިޚާބު ރައީސް ނަޝީދަށް ނާކާމިޔާބުވެ ވަޑައިގަތުމުން, ވަކި ޕާޓީއެއް ވަނީ އުފައްދަވާފައެވެ. އިންތިޚާބުގެ ފުރަތަމަ ބުރުގައި ރައީސް ނަޝީދުގެ ޑިމޮކްރެޓްސްއިން ބައިވެރިވެވަޑައިގެންފައިވާއިރު, އެ ޕާޓީއަށް ލިބުނީ ވޯޓްގެ 7 އިންސައްތައެވެ.

Ads by Allied Insurance
  1. އިބްރާޙީމް

    ވަގުވަގަށްސޯލިހަށްކެންޕޭނުކުރިކަށްއެގެންއެބަހުރިއޯޑިއޯތަށްވެސް

  2. ކޮންތާކު، ބޮޑު މަކަރުވެރި ހިޔަޅެއް. ފިތުނަވެރި އެއް. ހަސަދަވެރިއެއް. ރޫޅާ މީހާ.

  3. ކްރޯޑް

    ޥުން އެކަށީގެންވޭ އެއީ ފުރަތަމަ ބުރަށް ވުރެ ދެވަނަ ބުރުގަ ވޯޓުލީ މީހުން ގިނަވީމަ 15000 ގެ ބަދަލުގަ 20000 ލިބުން ވެސް އެކަށީގެންވޭ. އެހެންނަމަ ފަހަރުގަ އިބޫއަށް ކުރި ލިބުން އެކަށީގެންވޭ

  4. ހެޔޮނުވާނެއޭ

    އިންޑިއާ ހެޔޮނުވާނެއޭ އިންޑިއާ ސިފައިން ބޭލުމުގެ ނިންމުމަށް އިހްތިރާމް ކުރަމޭ ކިޔާ އަދިވެސް ތަމެން ފަައިބާނެ ތާވަލް އެއްގެ ވާހަކަ ނުދައްކައޭ ހެޔޮނުވާނެއޭ މުއިއްޒު ވެރިކަމުގައި ހުއްޓަސް އޭނާ މާބޮޑަށް މިކަން ހަމަތަކުގެ ތެރޭން އެނަން ކިޔައިގެން އޭނާ ބޭނުންގޮތަށް މިކަން ކުރަން މަމެން ޕިންކީން ފުރުސަތު އޭނާ އަށް ނުދޭނަމޭ ވަރަށް ސާފުކޮށް މިބުނަނީ އެއްވެސް ހަމައެއް ނޯންނާނެ ތަމެން ނޮވެމްބަރު 11 ގެ ކުރިން ފައިބަން ޔާންޓޭ ލައިން ދަމާނެއޭ މިމަހު ތަމެން ދަންނާތި ޔާންޓޭ އެމިނިވަން ވަނީ ހުވައޭ އިންޑިއާ މިނިވަން ވާނެއޭ ޔާންޓޭ މިނިވަން ވުމުން ދެން ތަމެންނަށް ނޯންނާނެއޭ އެއްވެސް ފުރުސަތެއް ގްރައުންޑް ވެސް ތަމެން އަތުން ލޫސް ކޮންޓްރޯލް ވެސް ތަމެން އަތުން ލޫސްވެ އަފްއާނުން އެމެރިކާ ޖަނގިޔާ ބޭލިގެން ފޭބި ގޮތޭވާނީ އޭގެ ކުރިން އިންޑިއާ ހެޔޮނުވާނެއޭ ސިފައިން ބާލާށޭ ޔޫ ލޮސްޓް ދަ ގްރައުންޑް ހެޔޮނުވާނެއޭ އިންޑިއާ ތަމެން ސިފައިން ބާލާށޭ ވަގުތު އޮތްވާ ބާލާށޭ ބާލާށޭ ބާލާށޭ ބާލާށޭ ބާލާށޭ ބާލާށޭ ބާލާށޭ ބާލާށޭ ބާލާށޭ ބާލާށޭ ބާލާށޭ ބާލާށޭ ބާލާށޭ ބާލާށޭ ބާލާށޭ ބާލާށޭ ބާލާށޭ ބާލާށޭ ބާލާށޭ ބާލާށޭ ބާލާށޭ ބާލާށޭ ބާލާށޭ ބާލާށޭ ބާލާށޭ ބާލާށޭ

  5. ގޫޕްސް

    ދެއަނގަ ގަނޑު.