ޚަބަރު ދުނިޔެ

ފަލަސްތީނުގެ ބިންތައް ފޭރުން ވަގުތުން ހުއްޓާލަންޖެހޭކަމަށް މުޢިއްޒު ވިދާޅުވެއްޖެ

އާއިޝަތު ޝައުނާ ، ދެން އޮންލައިން

އިސްރާއީލުން ޤާނޫނާ ޚިލާފަށް ފަލަސްތީނުގެ ބިންތައް ހިފާ ހިފުން ވަގުތުން ހުއްޓާލައި އެފަދައިން ހިފާފައިވާ ބިންތައް ފަލަސްތީނަށް އަނބުރާ ދޭންޖެހޭކަމަށް އިންތިޚާބީ ރައީސް، ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by WAMCO
Ads by Sosun Fihaara

މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިސްރާއީލުން ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަންނަން ޖެހޭ ކަމަށެވެ. އަދި 1967 ވަނަ އަހަރުގެ ކަނޑައަޅާފައިވާ ބޯޑަރާ އެއްގޮތަށް އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ބައެއްގެ ގޮތުގައި ބަލައިގަތުމަށާއި އިރުމަތީ ގުދުސްއިން ބޭރުކޮށްލާފައިވާ ފަލަސްތީނުގެ ރެފިއުޖީނަށް އެތަނަށް އަނބުރާ ދެވޭނެ މަގު ހޯދައިދޭންޖެހޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޔަހޫދީން އަޅުވެތިކޮށްފައިވާ ފަލަސްތީނުގެ ގާޒާގައި ހަރަކާތްތެރިވާ މުޖާހިދުންގެ ޖަމާއަތެއްކަމަށްވާ ހަމާސްއިން އިޒްރޭލުގެ ރަށްތަކަށް އަމާޒުކޮށް ވަރުގަދަ ރޮކެޓް ހަމަލަތަކެއް ހޮނިހިރު ދުވަހު ދިނުމާއި ގުޅިގެން، އޭގެ ރަައްދުގައި ކަމަށް ބުނެ އިޒްރޭލުން ގެންދަނީ ޣައްޒާގެ އާއްމުން ދިރިއުޅޭ ސަރަހައްދު ތަކަށް ބޮން އަޅަމުންނެވެ.
މި ހަމަލާތަކާއި ގުޅިގެން ދުނިޔޭގެ ގިނަ ގައުމުތަކުގެ ވެރިން އެ ހަމަލާ ބަދަލުކުރުން ހުއްޓައިލަން ދެފަރާތަށް ވެސް ގޮވައިލަމުންދާކަން ފާހަގަކުރެވެއެވެ.

Ads by Ooredoo
  1. ބާލާށޭ

    މުއިއްޒު އަށް އިންޑިއާ ސިފައިން ދެން މިގައުމުން ބޭލޭނެ ކަމާއި މެދު ޝައްކޭ މުއިއްޒުގެ ރާގު ބަދަލުވެއްޖެ މުއިއްޒު އޭގައި ބޭނުންކުރާ އުކުޅަކީ ހަމަތަކުގެ މަތިން ދުވަހަކު ވެސް ދެން ނާންނާނެއޭ ހަމަތަކުގެ މަތިން މަމެން ފުރަތަރޭ ވެސް ބުނީމެއް ނޫންތޭ އިންޑިއާ ސިފައިން ބާލާނެ ކަމަށް ބުނެ އޭގެ ފަހަށް ދެން އެއަންނަ ހަމަތަކުގެ މަތިން ކިޔާ އެދައްކާ ވާހަކަ އަކީ އެއީ ހުއްޖަތޭ ބަލަން ތިބެއްޗޭ މިނޫން ގޮތަކަށް މިކަން ހިނގާތޯ މޮދީ އަށް ކުއްލި އަކަށް އެދައުވަތު ވެސް ދިނީ ނޫންތޭ މޮދީ އަށް ދެން ބަލާތި ވާގޮތް ބަލަން ތިބޭ ބަޔަކަށް ފެންނާނެއޭ މިކަން ފެންނާނެއޭ އިންޑިއާ ސިފައިން މުއިއްޒު ނުބާލާނެއޭ އެއީ ވާނޭ ކަމެއް ނޫނޭ ބާލާނެ މީހަކު ނަމަ ނޮވެމްބަރު 11 ގެ ކުރިން ބާލާނެއޭ…