ޚަބަރު

ސައްހަނޫން ޑޮލަރު ބޭނުުންކޮށްގެން ވިޔަފާރިކުރި މީހަކު ހޯދަނީ

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ސައްހަނޫން ޑޮލަރު ބޭނުުންކޮށްގެން ފިހާރައަކުން ވިޔަފާރިކޮށްފައިވާ މައްސަލައަކާ ގުޅިގެން މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ

Ads by Sosun Fihaara

މިމައްސަލައާ ގުޅިގެން ހޯދަމުންދާ މީހާއަކީ ކާކުކަން ދެނެގަނެވިފައިނުވާތީ އެ މީހާގެ ވީޑިއޯއެއް ފުލުހުންވަނީ އާންމުކޮށްފައެވެ.

އެހެންކަމުން، އެ ވީޑިއޯއިން ފެންނަ މީހާއާގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ދިވެހި ފުލުހުންގެ ޚިދުމަތުގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަމްބަރު 9790048 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުންވަނީ އިލްތިމާސްކުރައްވާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!