ފިލްމީ ތަރި ޝާއްކޮ އައްމަޑޭ ކައިވެނިކޮށްފި

ފިލްމީ ތަރި އަޙްމަދު ޝާކިރު ނުވަތަ އާންމު ނަމުން ނަމަ ޝާއްކޮ އައްމަޑޭ ކައިވެނި ކޮށްފިއެވެ. ޝާއްކޮ އައްމަޑޭ އޭނާގެ ލޯބިވެރިޔާ ފާޠިމަތު އުސްނާ އާ ކައިވެނިކޮށްފައި ވަނީ މިދިޔަ ބުދަ ދުވަހުއެވެ.
ދިވެހި ފިލްމު ”ވާށޭ މަށާއެކީ“ ”މާމުއި” ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި ޝާއްކޮ އައްމަޑޭ ކައިވެންޏަށް ފަހު ”ޝާދީ ގާނާ“ ލަވަޔާއެކު އާންމު ކުރި ވީޑިއޯ އަކަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ.
ޝާއްކޮ އައްމަޑޭ އަންނަނީ ވިލު ސްޓޫޑިއޯގެ ނަމުގައި ސުޓޫޑިއޯ އެއް އުފައްދައި ”އަނދިރި ފަރާތް“ ނަމުގައި ބިރުވެރި ވެބް ސީރީޒް އެއްގެ މަސައްކަތް ވެސް ފަށައިފައެވެ.
ޝާއްކޮ އައްމަޑޭ ކައިވެނިކުރިކަން ހާމަކުރިއިރު ، ލަވަ ކިޔުންތެރިޔާ ޝަލަބީ އިބްރާހިމް ވެސް ވަނީ އޭނާގެ ލޯބިވެރިޔާ ޝިފާ އިބްރާހިމް އާ އިއްޔެ ކައިވެނިކޮށް ޒަވާޖީ ހަޔާތެއް ފަށާފައެވެ.