ޚަބަރު

ރާއްޖޭގައި ޖާދޫގަރުންގެ ޖަމިއްޔާއެއް ރަޖިސްޓްރީ ކޮށްފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ރާއްޖޭގައި ޖާދޫގަރުންގެ ޖަމިއްޔާއެއް ރަޖިސްޓްރީ ކޮށްފިއެވެ.

Ads by MWSC

މި ޖަމިއްޔާ ރަޖިސްޓްރީ ކޮށްފައި ވަނީ، މޯލްޑިވްސް މެޖިޝަން އެސޯސިއޭޝަންގެ ނަމުގައެވެ.

މިޖަމިއްޔާގެ މަޤްޞަދަކީ ރާއްޖޭގައި ޖާދޫގަރުންގެ ގޮތުގައި މަސައްކަތް ކުރާ މީހުންނަށް އިތުރު ފުރުސަތުތައް ހޯދައިދިނުމެވެ.
އަދި މިކަމުގެ ތެރެއަށް ވަނުމަށް ޝައުގުވެރިވާ ކުދިންނަށް އެކަން ދަސްކޮށްދީ މި ހުނަރު ފުޅާކުުރުމެވެ.

މެޖިޝަން އެސޯސިއޭޝަނުގެ މެމްބަރަކަށް ވެވެނީ އާންމު މެންބަރެއްގެ ގޮތުގައިނަމަ އަހަރަކަށް 100 ރުފިޔާ ދައްކައިގެންނެވެ. އަދި ޕްރޮފެޝަނަލް ކެޓަަގަރީއަށް އަހަރަކަށް 500 ރުފިޔާގެ ފީއެއް ދައްކަން ޖެހެއެވެ.

މިޖަމިއްޔާގެ ފުރަތަމަ ހަރަކާތެއްގެ ގޮތުގައި މިއަހަރުގެ ޑިސެމްބަރުގެ ތެރޭގައި "މޯލްޑިވްސް އިންޓަނޭޝަނަލް މެޖިކް ފެސްޓިވަލް"ގެ ނަމުގައި ފެސްޓިވަލެއް ބޭއްވުމަށް ދަނީ ތައްޔާރުވަމުންނެވެ.

Ads by Allied Insurance
  1. ތުޔައީ ސިހުރު ވެރިންގެ ޖަނުއްޔާ ނުންތޯ ސިހުރު ހެދުމަކީ ހަރާމް ކަމެއް ނުންތޯ !