އައު އަހަރު ފާަހަގަ ކުރުމަށް ބާއްވަން އުޅުނު މިއުޒިކް ޝޯ އާއި ހަވާ އެރުވުން ފަސްކޮށްފި
އައު އަހަރު ފާހަގަ ކުރުމަށް ބާއްވަން ނިންމި މިއުޒިކް ޝޯ އާއި ހަވާ އެރުވުމުގެ ހަރަކާތްތައް ޔޫތު މިނިސްޓްރީން ފަސްކޮށްފިއެވެ.
މިކަން ހާމަކޮށް އެ ވުޒާރާއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، އައު އަހަރު ފެށުމުގެ މުނާސަބަތުގައި ބާއްވާ "ދިވެހިންގެ ރާއްޖެ ފެސްޓިވަލް 2024" ގެ ނަމުގައި މިމަހުގެ 31 ވަނަ ދުވަހުގެ ރޭގަނޑު ބޭއްވުމަށް ހަމަޖެހިފައިވާ ހަރަކާތްތައް ފަސްކުރެވިފައިވާ ކަމަށެވެ.
ރޭގަނޑު މިއުޒިކް ޝޯވްއެއްގެ އިތުރު ލޭޒަރ ލައިޓް ހަރަކާތްތައް އަދި ހަވާ އަރުވަން ވެސް ވަނީ ނިންމާފައެވެ.
ރާއްޖޭގެ ކަންކޮޅުތަކުގައި ޝޯވްގައި ބައިވެރިވުމުގެ ޝައުޤުވެރިކަން ފާޅުކޮށްފައިވީ ނަމަވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން މުޅި ރާއްޖެއަށް ރީނދޫ އެލާޓު ނެރެފައިވުމާއެކު ދަތުރުފަތުރު ކުރުމުގައި ދަތިތަކެއް ކުރިމަތިވެދާނެ ކަމަށް ބަލައި، އަދި މޫސުން ގޯސްވެދާނެކަމަށް ބަލައި ރޭގަނޑު ހަރަކާތްތައް ފަސްކޮށްފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.
އަދި މި ހަރަކާތްތައް ބާއްވާނެ ދުވަހެއް ފަހުން އިއުލާން ކުރާނެ ކަމަށް އެ ވުޒާރާގެ ނޫސްބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
ފަލަސްތީން މުސްލިމް އަޚުންނާ އުޚުތުން އަދި ކުޑަކުދިން ޔަހޫދީންގެ އުނދަގުލާ ބަޑީގެ ވަޒަންތަކުތެރޭ އުޅޭމިދަނޑިވަޅުގަ އަޅުގަނޑުމެންވީ އައު އަހަރު ފާހަގަކޮށް މިއުޒިކާ ލަވަ ބާއްވާ ކުޅިވަރު ކުޅެންތަ؟ އެއްގޮތަކަށްވެސް ބާއްވައިގެންނުވާނެ. އަވަށްޓެރި ޕާކިސްތާނުގައިވެސް އެއްވެސް ހަރަކާތެއް ނުބާއްވާ