ޚަބަރު އިޖުތިމާޢީ

ޔޫތުން ހިންގި އެޕެރެންޓިސްޝިޕް ޕްރޮގްރާމް 43 ޒުވާނަކު ފުރިހަމަކޮށްފި

ފައިނާ ފާއިޒް ، ދެން އޮންލައިން
ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގުރާމް

މިިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާރޓްސްއިން ހިންގި "ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގުރާމް" ގެ ދަށުން 43 ޒުވާނުން ގްރެޖްއޭޓް ވެއްޖެއެވެ.

Ads by STELCO

ޝެރަޓަން މޯލްޑްވްސް ފުލްމޫން ރިސޯޓު އެންޑް ސްޕާގައި ބޭއްވި މި ރަސްމިއްޔާތުގައި ގްރެޖުއޭޓުންނަށް ސެޓްފިކެޓު ހަވާލުކޮށްދެއްވީ މިނިސްޓާ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާރޓްސް އިބްރާހިމް ވަހީދެވެ.

އަދި މިނިސްޓްރީއާއި މެރިއަޓްއާއި ގުޅިގެން ހިންގި މި ޕްރޮގުރާމުގައި 43 ޒުވާނުން ގްރެޖުއޭޓުވެފައިވާއިރު އޭގެ ތެރެގައި 21 ޒުވާނުންނަށް ވަނީ ވަޒީފާގެ ފުރުސަތު ޔަގީންވެފައިކަންވެސް އެ މިނިސްޓްރިއިން ވަނީ ބުނެފައިއެވެ.

ގްރެޖުއޭޓުވި ދާއިރާތައް:

  • ނެޝަނަލް ސެޓްފިކެޓް 3 އިން ފްރޮންޓް އޮފިސް
  • ނެޝަނަލް ސެޓްފިކެޓް 3 އިން ހައުސްކީޕިން
  • ނެޝަނަލް ސެޓްފިކެޓް 3 އިން ލޯންދަރީ ސާވިސަސް
  • ނެޝަނަލް ސެޓްފިކެޓް 3 އިން ކޮމާޝަލް ކުކަރީ
  • ނެޝަނަލް ސެޓްފިކެޓް 3 އިން ޕޭސްޓްރީ އެންޑް ބޭކަރީ
  • ނެޝަނަލް ސެޓްފިކެޓް 3 އިން ލައިފް ގާޑިން
  • ނެޝަނަލް ސެޓްފިކެޓް 3 އިން ބަރިސްޓާ
  • ނެޝަނަލް ސެޓްފިކެޓް 3 އިން އިލެކްޓްރިކަލް އިންސްޓްލޭޝަން އެންޑް މެއިންޓެއިންސް
  • ފުޑް އެންޑް ބެވަރޭޖް ސާވިސަސް

މިނިސްޓްރީއިން މި ޕްރޮގްރާމް ހިންގާފައި ވަނީ ޝެރަޓަން މޯލްޑިވްސް، ޖޭޑަބްލިއު މެރިއޮޓް މޯލްޑިވްސް، ލެ މެރިޑިއަން މޯލްޑިވްސް، ރިޓްސް ކާރްލްޓޮން މޯލްޑިވްސް، އެސްޓީ. ރެގިސް މޯލްޑިވްސް، ޑަބްލިއު މޯލްޑިވަސް އަދި ވެސްޓިން މޯލްޑިވްސްގައިއެވެ.

މިނިސްޓްރީއިން ބުނި ގޮތުގައި މި ޕްރޮގްރާމްގައި މޯލްޑިވްސް އިންސްޓިއުޓިއުޓް އޮފް ޓެކްނޮލޮޖީން ވަނީ މުހިންމު ދައުރެއް އަދާކޮށްފައިކަމަށެވެ.

ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގުރާމަކީ މަސައްކަތުގެ މާހައުލުގައި ތިބެގެން އެ މަސައްކަތުގެ ތަޖުތިބާކާރުންގެ ބެލުމުގެ ދަށުން މަސައްކަތްތައް ދަސްކޮށް، ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ގައުމީ ފެންވަރުގައި ހުޅުވާލައިގެން ކުރިއަށްގެންދާ ޕްރޮގުރާމެކެވެ.

މި ޕްރޮގުރާމުގެ މަގުސަދު ތަކުގެ ތެރޭގައި މަސައްކަތްތެރިކަމުގެ ދާއިރާގެ ތަމްރީނު ހޯދުމަށް ޝައުޤުވެރިވާ ހުރިހާ އުމުރެއްގެ ދިވެހީންނަށް މަސައްކަތްތެރިކަމުގެ ދާއިރާއިން ސަރުކާރު ޤަބޫލުކުރާ ފެންވަރުގެ ތަމްރީނު ހޯދުމުގެ ފުރުޞަތު ފަހިކޮށްދިނުން ހިމެނޭކަމަށްވެސް އެ މިނިސްޓްރީއިން ވަނީ ބުނެފައިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!