ޚަބަރު

މަކަރާއި ހީލަތުން މީހެއްގެ އަތުން ފައިސާ ހޯދި މައްސަލައެއްގައި މީހަކު ހޯދަނީ

އާއިޝަތު ޝައުނާ ، ދެން އޮންލައިން
ފޮޓޯ: ދިވެހި ފުލުހުންގެ ޚިދުމަތް

މަކަރާއި ހީލަތުން މީހެއްގެ އަތުން ފައިސާ ހޯދާފައިވާ މައްސަލައެއްގެ ތަހްޤީގަށް މީހަކު ހޯދަން ފަށައިފިއެވެ.

Ads by Hajj Corporation

ފުލުހުން ވިދާޅުވީ ފޮޓޯއިން ފެންނަ މީހާއަކީ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާ މީހެއްކަމަށެވެ.

ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގާފައިވަނީ ބަންގްލަދޭޝް (29އ)ގެ އެމްޑީ އާރިފް ހޮސެން ނަމަކަށް ކިޔާ މީހެކަށެވެ.

އޭނާ ތަހްގީގަށް ހާޟިރުކުރެވެނީ އެ މައްސަލައާއި ބެހޭގޮތުން ސުވާލުކުރުމަށްކަމަށާއި، ޝަހީދު ޙުސައިން އާދަމް ބިލްޑިންގ ނުވަތަ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށް، 2023 އޮކްޓޫބަރ 25 ވަނަ ދުވަހުގެ 14:00 އަށް ހާޒިރުވުމަށް ފުލުހުންވަނީ އިއުލާނުކޮށްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!