ޚަބަރު

ބޯހިޔާވަހިކަމުގެ ޙައްޤު ނިގުޅައިގަނެ މަގުމަތި ކުރަމުންދާ ދިޔުމަށް ރައްޔިތުން ޖަވާބު ދޭނެ ދުވަސް އަންނާނެ: ޑރ. މުއިއްޒު

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އެތައް ހާސް ރައްޔިތުންނެއްގެ ބޯހިޔާވަހިކަމުގެ ޙައްޤު ނިގުޅައިގަނެ، މަގުމަތި ކުރަމުންދާ ދިޔުމަށް ރައްޔިތުން ޖަވާބު ދޭނެ ދުވަސް އަންނާނެ ކަމަށް ކުރީގެ ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by MWSC

ޑރ. މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ފެތުރެމުން އަންނަ ކޮވިޑް-19 މެނޭޖު ކުރުމުގައި ވާ އިޙުމާލާއި، ޚިޔާނާތާއި، ހިންގި އަދި ހިންގަމުންދާ ކޮރަޕްޝަނާއި ވައްކަމުގައި "މަތިޖަހާ" ފޯކަސް އަނބުރާލުމަށްޓަކައި އެތައްހާސް ރައްޔިތުންނެއްގެ ބޯހިޔާވަހިކަމުގެ ޙައްޤު ނިގުޅައިގަނެ، މަގުމަތި ކުރަމުންދާ ދިޔުމަށް ރައްޔިތުން ޖަވާބު ދޭނެ ދުވަސް އަންނާނެ ކަމަށެވެ.

 

ކުރީގެ ހައުސިންގ މިނިސްޓަރ މިހެން ވިދާޅުވެފައިވާއިރު، ސަރުކާރުން މިއަދު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި ފެއްޓެވި "ހިޔާ" މަޝްރޫޢުގެ ދަށުން ފްލެޓު ލިބުނު ފަރާތްތަކުގެ ތެރެއިން ބައެއް މީހުން ޑިސްކޮލިފައި ކޮށްފައެވެ. އެގޮތުން ހުޅުމާލޭގައި އަޅާފައިވާ އެފްލެޓްތައް ލިބޭ މީހުންގެ ތެރެއިން 111 މީހަކު ޑިސްކޮލިފައި ކޮށް، ފްލެޓު ލިބޭ މީހުންގެ ވަގުތީ ލިސްޓެއް އާންމުކުރަން ސަރުކާރުން ވަނީ ނިންމާފައެވެ.

ފްލެޓް ކޮމިޓީން މައްސަލަތައް ބެލުމަށް ފަހުގައި މިއަދު އާއްމުކޮށްފައި ވަނީ ޙ4، ޑޮކްޓަރުންނާއި ނަރުހުންނަށް ޚާއްސަ ކެޓަގަރީ އާއި ޙ5، ޓީޗަރުންނަށް ޚާއްސަ ކެޓަގަރީ އާއި ޙ8 މާލޭ ރަށްވެހިންނަށް ޚާއްސަ ކެޓަގަރީ އާއި ޙ10، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އާއިލާތަކަށް ޚާއްސަ ކެޓަގަރީން ފްލެޓްތައް ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓްތަކެވެ.

އިއުލާންކުރި ވަގުތީ ލިސްޓްގައި، ފްލެޓް ލިބޭ މީހުންގެ ވަނަވަރާއި ލިބިފައިވާ ޕޮއިންޓް ވަނީ ހިމަނައިފައެވެ. ފްލެޓް ލިބެން ޝަރުތު ހަމަވަނީ 50 ޕޮއިންޓަށް ވުރެ މަތިން ލިބުމުންނެވެ. ކުރީ ސަރުކާރުން އެކުލަވާލި ލިސްޓުން އެއަށް ވުރެ ދަށުން ލިބިގެން 111 މީހަކު މި ހަތަރު ކެޓަގަރީއިން ވަނީ ޑިސްކޮލިފައިވެފައެވެ. އެ ލިސްޓުވެސް ވަނީ ވަނަވަރާއި ޕޮއިންޓް ލިބުނު ގޮތާ އެކު ވަކިން އިއުލާންކޮށްފަ އެވެ.

"ހިޔާ" މަޝްރޫޢުގެ ޙ8، ޙ5، ޙ4 އަދި ޙ10 ކެޓަގަރީތަކަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާގޮތުގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު 24 އޮގަސްޓު 2020 އިން ފެށިގެން 14 ސެޕްޓެންބަރު 2020 ގެ 15:00 ނިޔަލަށް މިހާރުވަނީ ހުޅުވާލާފައެވެ.

 

Ads by Allied Insurance
  1. މިއީ އަމިއްލައަށ އެއވެސްކަމެއް ކުރަންދަންނަ ބައެއނޫން
    މީހުންކޮށފަހުނނަ ކަންތައތަކުން ކުރެޑިޓު ނަގަންދަންނަ ބައެއ.