ޗައިނާގެ އަޣުލަބިއްޔަތު އޮންނަ އެފްރިކާ މިނަރަލްސް ސަޕްލައި ޗެއިން "ޑައިވާސިފައި" ކުރަން އެމެރިކާ އިން މަސައްކަތް ކުރަނީ

އެފްރިކާއަކީ ޗައިނާއަށް ބަރޯސާނުވެ، އޯލްޓަނޭޓިވް ކްރިޓިކަލް މިނަރަލްސް ސަޕްލައި ޗެއިންއެއް އުފެއްދުމުގެ މަސައްކަތް ވޮޝިންޓަނުން ވަރުގަދަ ކުރަމުން އަންނައިރު، ނުފޫޒު ފޯރުވުމުގެ އާ ހަނގުރާމައެއް ފެށި ސަރަހައްދެވެ. ސާފު ހަކަތައާއި އިލެކްޓްރިކް އުޅަނދުތަކަށް ބަދަލުވުމަށް ބޭނުންވާ ކޮންޓިނެންޓުން ބޭނުންވާ ކޮބޯލްޓް، ލިތިއަމް އަދި އެހެނިހެން ވަސީލަތްތައް ޕްރޮސެސް ކުރުމުގައި ބެއިޖިންގެ ބާރު ބޮޑެވެ.
ނަމަވެސް އެފްރިކާ އޮއިލް ވީކްގެ ހަވާސާގައި ކޭޕްޓައުންގައި މި ހަފުތާގައި ބޭއްވި ގްރީން އެނާޖީ އެފްރިކާ ސަމިޓުގައި ސީދާ އެ ވާހަކަ ދައްކަން ތައްޔާރަށް ތިބީ މަދު ބައެކެވެ.
އެމެރިކާ އިން ޗައިނާއާ އެކު ކެޗްއަޕް ކުޅެނީތޯ ސުވާލު ކުރުމުން އެ ޕެނަލްގެ ސްޕީކަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ބިއުރޯ އޮފް އެނާޖީ ރިސޯސަސްގެ ޑެޕިއުޓީ އެސިސްޓެންޓް ސެކްރެޓަރީ ކިމްބާލީ ހެރިންގްޓަން ވިދާޅުވީ ވޮޝިންޓަނުން ބަލަނީ "ޑައިވާސިފައި" ކުރަން ކަމަށެވެ.
އެފްރިކަން ޔޫނިއަންގެ ޑައިރެކްޓަރ ފޮރ އިންޑަސްޓްރީ، މިނަރަލްސް، އެންޓްރަޕްރަނަރޝިޕް އެންޑް ޓުއަރިޒަމް، އެކުވެރި ޕެނަލިސްޓް ޗީޒާ ޗާލްސް ނިއުޓަން ޗިއުމްޔާ ވީއޯއޭއަށް ވިދާޅުވީ ހުޅަނގާއި ޗައިނާގެ ރިލޭޓިވް އެޕްރޯޗްތައް ސިފަކުރުމަށް "ވާދަވެރި" މި ލަފުޒު ބޭނުންކުރަން ބޭނުން ނުވާ ކަމަށާއި ނަމަވެސް އެފްރިކާގެ ކްރިޓިކަލް މިނަރަލްސްގައި "ވަރަށް ބޮޑު ޝައުގުވެރިކަމެއް" އެބައޮތް ކަމަށް އެއްބަސްވެވަޑައިގެންފައިވާ ކަމަށެވެ.
ގުދުރަތީ ވަސީލަތްތައް ހޯދުމަށް އެމެރިކާއާ ވާދަކުރާ ކަމަށް ދެކޭތޯ ސުވާލު ކުރުމުން ވޮޝިންޓަންގައި ހުންނަ ޗައިނާ އެމްބަސީން ވެސް ވަނީ ސަމާލުކަން ދީފަ އެވެ.
ޗައިނާ-އެފްރިކާގެ އަމަލީ އެއްބާރުލުމުގެ ހަގީގީ ނަތީޖާ އެންމެންނަށް ވެސް ފެންނަން އެބަހުރި،" އީމެއިލް މެދުވެރިކޮށް ދެއްވި ޖަވާބުގައި ތަރުޖަމާނު ލިއު ޕެންގްޔޫ ލިޔުއްވާފައިވެ އެވެ.
އެމެރިކާ އަތްލަިފި ތަނެއް ހަރާބުވާނެ