އިންތިޚަާބީ ރައީީސްގެ ގެކޮޅުގައި ވެސް ފަލަސްޠީނުގެ ދިދަ

ފަލަސްޠީނު މިނިވަންކުރަން ގޮވައިލައި އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ގެކޮޅުގައި ބޮޑު ދިދައެއް ދަމައިފިއެވެ.
ޑރ. މުޢިއްޒުގެ ގެ ކޮޅުގައި ދިދަދައެއް އެލުވައި ފަލަސްޠީނާއިއެކުގައިވާކަން ހާމަކޮށްދިންއިރު، ރާއްޖޭގެ ބޮޑެތި އިދާރާތަކުގެ އޮފީސް އިމާރާތްތަކުގައި ވެސް މިފަދައިން ފަލަސްޠީނުގެ ދިދަ ދަމައިފައިވެއެވެ.
ޑރ.މުޢިއްޒުގެ ގެކޮޅުގައި ފަލަސްޠީނުގެ ދިދަ ދެމިއިރު، އިސްރާއިލުގެ ޔަހޫދީން ފަލަސްޠީނުގެ ބިންތައް ހިސޯރުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެންނަން ޖެހޭ ކަމަށް ވިދާޅުވެ އެމަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓަށް މިލިއަނަކަށްވުރެ ގިނަ ވިއުސް ލިބިފައިވެއެވެ.
އޮކްޓުބަރު 7 ވަނަ ދުވަހު ޔަހޫދީން ފަލަސްޠީނަށް ދޭން ފެށި ހަމަލާތަކުގައި އެތައް ބަޔަކު ޝަހީދުކޮށްލައިފައިވާއިރު، ވަރަށް ގިނަ އަދަދެއްގެ ކުޑަ ކުދިން ވެސް، ޝަހީދުކޮށްފައިވެއެވެ.