ޚަބަރު ދުނިޔެ

ޢައްޒާގެ ހޮސްޕިޓަލަށް ދިން ޙަމަލާ ރާއްޖެއިން ކުށްވެރިކޮށްފި

އާއިޝަތު ޝައުނާ ، ދެން އޮންލައިން

އިސްރާއީލުން ޣައްޒާގެ އަލް އަހްލީ ހޮސްޕިޓަލަށް ދިން ޙަމަލާ ރާއްޖެއިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

Ads by WAMCO
Ads by Hajj Corporation
ރޭގެ ވަގުތެއްގައި އިޒްރޭލުން ޢައްޒާގެ ހޮސްޕިޓަލަށް ދިން ހަމަލާގައި ޝަހީދުވި މީހުންގެ އަދަދު 500 އަށް އަރާފައިވެއެވެ. މި ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކޮށް، ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވީ، އާންމުންނަށް އަމާޒުކޮށް ހޮސްޕިޓަލްތަކަށާއި މަދަނީ އެއްވެސް ތަނަކަށް ހަމަލާ ދިނުމަކީ ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނާ ޚިލާފު ކަމެއްކަމަށެވެ.
އަދި ރޭވުންތެރިކަމާއެކު ހިންގަމުންމިދާ އަނިޔާވެރި ޙަމަލާތައް ހުއްޓާލުމަށާއި، ޣައްޒާއަށް އިންސާނީ ވަޞީލަތްތައް ހުއްޓުމެއްނެތި ފޯރުކޮށްދިނުމަށް ޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އެޅުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށް ގޮވާލައްވާފައިވެއެވެ.

އްޒާގެ ހެލްތު މިނިސްޓްރީއާ ހަވަލާދީ އަލްޖަޒީރާއިން ރިޕޯޓްކުރާ ގޮތުގައި އިޒްރޭލުން ހޮސްޕިޓަލަށް ހަމަލާ ދިން ވަގުތު އެތައް ހާސް ބަޔަކު ހޮސްޕިޓަލުން ފަރުވާ ހޯދަމުންދިޔަކަމަށާއި، ހަމަލާދިން ވަގުތުގައި އިޒްރޭލުން ހުއްޓުމެއްނެތި ގައްޒާއަށް ދެމުންދާ ހަމަލާތަކުން ހިމާޔަތް ހޯދަންވެސް އެތައް ބަޔަކު ހޮސްޕިޓަލަށް ގޮސް ތިބިކަމަށެވެ. އަދިވެސް އެތައް ބަޔަކު ނުފެނި އިމާރާތުގެ ދަށުގައިވާކަމަށްވެސް މަޢުލޫމާތުލިބެއެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ވިދާޅުވެފައިވާ ގޮތުގައި މި ޙަމަލާއަކީ ފާއިތުވި އަހަރުތަކުގައި ހޮސްޕިޓަލަކަށް ދިން އެންމެ ނުރައްކާތެރި އެއް ހަމަލާކަމަށެވެ. މި ޙަމަލާގެ ސަބަބުން ދުނިޔޭގެ ލީޑަރުންނާއި ގައުމުތަކާއި ޖަމިއްޔާތަކުން ވަނީ އެ ހަމަލާ ކުށްވެރިކޮށްފައެވެ.

 

Ads by HDC
  1. މަހަށްދޭބަލަ

    ގާޒާ ހޮސްޕިޓަލަށް ހަމަލާ ދިންތާ 24 ގަޑިއިރު ފަހުން ދިވެހިސަރުކާރަށް މިކެރުނީ ބަޔާންގަނޑެއް ވެސް ނެެރެލަން ދެން އެމެރިކާ އިން ހަތިޔާރު ދީގެން އިޒްރޭލުން މކުރާ ކަމަކަށްވާއިރު ކިއެއްވެތޭ ރާއްޖެ އަށް އެމެރިކާ ކުށްވެރި ކޮށް ބަޔާން ތައް ނުނެރެންވީ ދެން އަނެއްކޮޅުން އިންޑިއާ އިން އިޒްރޭލަށް ތާއީދު ކުރާތީވެ އެކަމާިއ ސަރުކާރުން ނުރުހުން ފާޅު ނުކުރަންވީ އެއީ ކިއެއްވެތޭ ތަމެން ދެން މަހަށްދޭބަލަ މަހަށް މަހަށް މަހަށްދޭބަލަ…