ޚަބަރު ދުނިޔެ

އިސްލާމީ އުންމަތުގެ ޙައްޤުގައި ކޮށްދެވެން ހުރިކަމެއް ކޮށްދިނުމުގައި އަވަސްވެގަތުމަށް އިމްރާން ގޮވާލައްވައިފި

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ފަލަސްޠީނުގެ ކުށެއް ނެތް ޢާއްމު ރައްޔިތުންނާ ދެކޮޅަށް އެއްވެސް ރަޙުމެއް ނެތި ދެމުންދާ ޙަމަލާތަކާއި ގުޅިގެން އެމީހަކަށް ކޮށްދެވެން ހުރި ކަމެއް ކޮށްދިނުމުގައި އަވަސްވެގަތުމަށް ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ.

Ads by MWSC
Ads by Sosun Fihaara

އިމްރާން ކުރެއްވި ޕޯސްޓެއްގައި މިހެން ވިދާޅުވެފައިވަނީ، ޣައްޒާގެ އަލް އަހްލީ ހޮސްޕިޓަލަށް އިސްރޭލުން ދިން ޙަމަލާގައި ފަލަސްޠީނުގެ އެތައް ސަތޭކަ މައުސޫމް ރައްޔިތުންނެއް ޝަހީދުކޮށްފައިވުމާއި ގުޅިގެން އިސްލާމީ ޤައުމުތަކުންނާއި މުޅި އިސްލާމީ އުންމަތުން މިކަމުގެ ހިތާމަކޮށް އެ ޙަމަލާތަކާއި ދެކޮޅަށް އަޑު އުފުލަމުންދާ ދަނޑިވަޅެއްގައެވެ.

އެގޮތުން، އިސްލާމީ އުންމަތުގެ ޙައްޤުގައި ކޮންމެ މުސްލިމެއްގެ ފަރުދީ ޒިންމާ އަދާކުރުން މިވަގުތު ލާޒިމްކަމަށް އިމްރާން ވިދާޅުވިއެވެ.

"ކޮންމެ ފަރުދަކުމެ އެމީހަކަށް ކޮށްދެވޭނެ އެއްމެ ބޮޑުކަމަކީ ކޮބައިތޯ ވިސްނާ ފިކުރުކޮށް އެކަމަކަށް އަވަސްވެގަންނާށެވެ" އިމްރާން ވިދާޅުވެފައިވެއެވެ.

އިސްރާއީލުން ޣައްޒާގެ އަލް އަހްލީ ހޮސްޕިޓަލަށް ދިން ޙަމަލާ ރާއްޖެއިންވެސް ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

ރޭގެ ވަގުތެއްގައި އިޒްރޭލުން ޢައްޒާގެ ހޮސްޕިޓަލަށް ދިން ހަމަލާގައި ޝަހީދުވި މީހުންގެ އަދަދު 500 އަށް އަރާފައިވެއެވެ. މި ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކޮށް، ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވީ، އާންމުންނަށް އަމާޒުކޮށް ހޮސްޕިޓަލްތަކަށާއި މަދަނީ އެއްވެސް ތަނަކަށް ހަމަލާ ދިނުމަކީ ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނާ ޚިލާފު ކަމެއްކަމަށެވެ.
އަދި ރޭވުންތެރިކަމާއެކު ހިންގަމުންމިދާ އަނިޔާވެރި ޙަމަލާތައް ހުއްޓާލުމަށާއި، ޣައްޒާއަށް އިންސާނީ ވަޞީލަތްތައް ހުއްޓުމެއްނެތި ފޯރުކޮށްދިނުމަށް ޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އެޅުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށް ސަރުކާރުންވަނީ ގޮވާލައްވާފައިވެއެވެ.

Ads by HDC
  1. ދިވެހިންނަށް ކުރެވިދާނެ ކަންކަން :
    1/ ޔަހޫދީ އިސްރާއީލް ކުންފުނިތަކުން އުފައްދާ ބަނގުރަލާއި އޫރުމަހުގެ ބާވައްތަށް ދިވެހިރާއްޖެޔަށް އެތެރެކޮށް ވިއްކުން ހުއްޓާލުން.
    2/ އިސްރާއީލަށް އެހީވާ ޤައުމުތަކުން އުފައްދާ ބަނގުރާ އޫރުމަސް ދިވެހިރާއްޖެއަށް އެތެރެކޮށް ވިއްކުން ހުއްޓަލުން
    3/ ފަސްނަމާދުގައި ޤުނޫތު ކިޔަން ހަމަޖެއްސުން

  2. ދިވެހިންނަށް މިހާރުން މިހާރަށް ކުރެވިދާނެ ކަންކަން :
    1/ ޔަހޫދީ އިސްރާއީލް ކުންފުނިތަކުން އުފައްދާ ބަނގުރަލާއި އޫރުމަހުގެ ބާވައްތަށް ދިވެހިރާއްޖެޔަށް އެތެރެކޮށް ވިއްކުން ވަގުތުން ހުއްޓާލުން.
    2/ އިސްރާއީލަށް އެހީވާ ޤައުމުތަކުން އުފައްދާ ބަނގުރާ އޫރުމަސް ދިވެހިރާއްޖެއަށް އެތެރެކޮށް ވިއްކުން ވަގުތުން ހުއްޓަލުން
    3/ ފަސްނަމާދުގައި ޤުނޫތު ކިޔަން ހަމަޖެއްސުން

  3. ގައުުމު

    މިސޮރު ކޮން އިރަކުތަ އިސްލާމް ވެގެން މިއުޅެނީ
    ރާއްޖޭގެ އިލްމު ވެރިންގެ އަގު ރައްޔިތުންގެ ކުރިމަތީ ވައްޓާލާ ހުރިހާ ތަނެއް ފަސާދަ ކޮށްފަ މިއަދު ކީކޭ މިކިޔަނީ