ފަތުރުވެރިކަމުގެ ސަބަބުން ރާއްޖޭގެ އެތައް އާއިލާތަކެއްގެ ދިރިއުޅުން އުފުލައިދީފައިވޭ: ޑރ. މުޢިއްޒު
މިއަދުވެސް ފަތުރުވެރިކަމުގެ ސަބަބުން ރާއްޖޭގެ އެތައް އާއިލާތަކެއްގެ ދިރިއުޅުން އުފުލައިދީފައިވާ ކަމަށް އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޑރ. މުޢިއްޒު މިހެން ވިދާޅުވީ ބަނޑޮސް މޯލްޑިވްސް ރިސޯޓުގައި ބުރާސްފަތި ދުވަހު ފެށި، ޖެނެރަލް މެނޭޖަރުންގެ މިއަހަރުގެ ފޯރަމުގައި ވާހަކަފުޅުދައްކަވަމުންނެވެ.
އެގޮތުން ޑރ. މުޢިއްޒު ވަނީ، ދުނިޔޭގެ ފަތުރުވެރިކަމުގެ ލީޑަރުންގެ ގޮތުގައި ދިވެހިރާއްޖެ އޮތުމަށް ކުރަންޖެހޭ ގިނަ ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
މިއަދުވެސް ފަތުރުވެރިކަމުގެ ސަބަބުން ރާއްޖޭގެ އެތައް އާއިލާތަކެއްގެ ދިރިއުޅުން އުފުލައިދީފައިވާކަން ފާހަގަކުރައްވާ ޑރ. މުޢިއްޒު ވިދާޅުވީ މީގެ ސަބަބުން ފަތުރުވެރިކަމުގެ ފައިދާ ބެހިގެންދާ ގޮތް ފުޅާކޮށް، އެ ސިނާއަތަކީ ކޮންމެ ދިވެއްސަކަށް ފައިދާކުރަނިވި ސިނާއަތަކަށް ހެއްދެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
މިހާރު ފަތުރުވެރިކަން ރާއްޖޭގައި ކުރިއެރުމަށް އެންމެ ބޭނުންތެރި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ މަސައްކަތް ވީ އެންމެ ބާރަށް ކުރިޔަށް ގެންގޮސް، 2024 ވަނަ އަހަރުގެ ހޮލިޑޭ ސީޒަނަށް އެއަރޕޯޓުގެ މަސައްކަތްތައް ނިންމުމަށް އަމާޒު ހިއްޕަވައި، ފައިނޭންސަރުންނާއި ކޮންޓްރެކްޓަރުންނާއެކު މަސައްކަތް ކުރައްވާނެ ކަމަށް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
މިގޮތުން އެ ދާއިރާގައި ހަރަކާތްތެރިވާ މުވައްޒަފުންގެ ދުޅަހެޔޮކަން ކަށަވަރު ކުރުމަށް އިސްކަންދެއްވުމާއި، މަސައްކަތާ އެކަށޭނަ ރަނގަޅު މުސާރައެއްގެ ކަށަވަރުކަމާއި، މުވައްޒަފުންގެ އާއިލާތަކާއެކު ހޭދަކުރުމަށް ލިބޭ ވަގުތު އިތުރު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ޑރ. މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު މިއަދު 2 މިލިއަނަކާ ގާތްކޮށްފައިވާއިރު، މި ކާމިޔާބަށް ވާސިލުވުމުގެ ހިއްސާދާރުން ކަމުގައިވާ، ފަތުރުވެރިކަމުގެ ދާއިރާގެ ޕައިނިއަރުންނާއި، ވުނޭރުންނާއި، އިސް ހިންގުންތެރިންނާއި، އަދި މަސައްކަތްތެރި މުވައްޒަފުންގެ ގުރުބާނީ ފާހަގަކުރައްވައި، އެ ހުރިހާ ފަރާތްތަކަށް ޑރ. މުޢިއްޒު ވަނީ ޝުކުރުއަދާކުރައްވާފައެވެ.
ހޮޓެލިއަރ މޯލްޑިވްސް ޖީއެމް ފޯރަމް ނުވަތަ ޖެނެރަލް މެނޭޖަރުންގެ ފޯރަމުގެ މި އަހަރުގެ ފޯރަމުގައި ރާއްޖޭގެ އެކި ރިސޯޓުތަކާއި ހޮޓާތަކުން 100އަށްވުރެ ގިނަ ހޮޓެލިއަރުން ބައިވެރިވެއެވެ.
އެންމެން އެކަތިގަނޑަކަށް ވާންޖެހޭ ކަމަށް މުއިއްޒު ބުނާނަމަ ދެން މިރާއްޖޭގައި ބޭނުންކުރާ ކޮތަޅުން %2000 ކަސްޓަމްސް ޑިއުޓީ ނަގާ އަދި އިތުރަށް ކޮތަޅު ޓެކްސް ނަގާ ރައްޔިތުން ފެލަމުން މިސަރުކާރުގެ ކަނޑުކޮސް ތިމާޥެށި މިނިސްޓަރޭ ބުނެގެން އެކަންކުރާއިރު ތަމެންގެ ވެރިކަމުގައި ކޮތަޅު ޓެކްސް އުވާލާނެ ކަމަށް ބުނެ މިހާރު އެވާހަކަ ނުދައްކަނީ އެއީ އެފައިސާ ގަނޑުން ރާއްޖޭން ބޭރަށް ގޮސް އަޗާ ތަޅަންވެގެންދޯ އެވާހަކަ ދައްކާ ތާކުން ތާކުނުޖެހޭ މާނައެއް ނެތް ވާހަކަ ނުދައްކަނީ އޮޅުވާލުމާއި މަކަރާއި ހީލަތުގެ ދަށުންދޯ އެކަން ތަ ކުރަން ތިޔާ ރާވަނީ