ޚަބަރު ސިޔާސީ

ރިޔާސީ ކެންޑިޑޭޓުންގެ މާލީ ބަޔާންތައް އާންމު ކުރަނީ

ޙައްވާ އިނާޝާ ، ދެން އޮންލައިން
އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު

ރިޔާސީ ކެންޑިޑޭޓުންގެ މާލީ ބަޔާންތައް ފެންނާނެ ގޮތަށް އާންމު ކުރައްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

Ads by MWSC

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ވާދަކުރި ކެންޑިޑޭޓުން، އިންތިޚާބާ ގުޅޭ މާލީ ކަންކަމާ ބެހޭގޮތުން ކޮށްފައިވާ އެންމެހައި މުޢާމަލާތްތައް އިންތިޚާބު ބާއްވާ ތާރީޚުން ފެށިގެން ގިނަވެގެން 60 ދުވަހުގެ ތެރޭގައި ހުށަހަޅަން ޖެހޭނެ ކަމަށެވެ.

ހަމަ އެހެންމެ އެ މާލީ ބަޔާންތަކަކީ ރިޔާސީ އިންތިޚާބުގެ ޤާނޫނުގައި ބުނެފައިވާ އެ ކެންޑިޑޭޓެއްގެ ރަސްމީ އިންތިޚާބީ އޮޑިޓަރު، އޮޑިޓް ކުރުމަށްފަހު، ހުށަހަޅާ އޮޑިޓް ރިޕޯޓްތަކަށް ވާންޖެހޭނެ ކަމަށެވެ.

މިގޮތުން ފުރަތަމަ ބުރުގެ ކެންޑިޑޭޓުން ނޮވެމްބަރ 8 ގެ ކުރިން، އަދި ދެވަނަ ބުރުގެ ކެންޑިޑޭޓުން ނޮވެމްބަރ 29ގެ ކުރިން އެ ކެންޑިޑޭޓެއްގެ ރަސްމީ އިންތިޚާބީ އޭޖެންޓް މެދުވެރިކޮށް އީސީ އަށް މާލީ ބަޔާންތައް ހުށަހަޅަންޖެހޭނެ ކަމަށް ހަބީބް ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން ހުށަހަޅާ އޮޑިޓް ރިޕޯޓުތައް ފައިސާގެ ހުރިހާ މުޢާމަލާތުތަކެއް، ބިލްތަކާއި ބޭންކް ސްޓޭޓްމެންޓްތަކާއެކު އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓްގައި ޝާއިއުކުރުމާއެކު، އެ ރިޕޯޓުތައް ޢާންމުކޮށް ބެލޭނޭ ނިޒާމެއް އީސީން ހަމަޖައްސާނެ ކަމަށްވެސް ހަބީބް ވިދާޅުވެފައި ވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!