ޚަބަރު

ބުރިޖް މަތީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 5 މީހަކަށް އަނިޔާވެއްޖެ

އަފްރާޙް ޢަބުދުއްރަޝީދު ، ދެން އޮންލައިން
މީގެ ކުރިން ހިނގި އެކްސިޑެންޓެއްގެ ތެރެއިން-- ފޮޓޯ: ސަން

ސިނަމާލެ ބުރިޖު މަތީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ފަސް މީހަކަށް އަނިޔާވެއްޖެއެވެ.

Ads by Sosun Fihaara

ފުލުހުންގެ ބުނީ އެކްސިޑެންޓު ހިނގާފައި ވަނީ މިރޭ 19:50 ހާއިރު ކަމަށާއި އެކްސިޑެންޓު ހިނގަން މެދުވެރިވީ ދުއްވާފައި އައި ސައިކަލެއް ، ސައިކަލްގައި މަޑުކޮށްގެން އިން މީހެއްގެ ގައިގައި ޖެހިގެންނެވެ. މި ހާދިސާގައި އިތުރު ތިން ސައިކަލެއްގައި ޖެހި އެކި ވަރުގެ ގެއްލުންތައް ލިބުނު ކަމަށް މައުލޫމާތު ލިބެއެވެ.

މި އެކްސިޑެންޓުގައި ފަސް މީހަކަށް އެކި ވަރުގެ އަނިޔާވެ ފަރުވާދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ  ތިން ސައިކަލަށް ބޮޑެތި ގެއްލުންތައް ވެފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލު އެކްސިޑެންޓު ވުމުން ވެސް މަޑުނުކޮށް ގޮސްފައިވާ ކަމަށެވެ.

މި އެކްސިޑެންޓުގެ މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!