އިންތިހާބީ ރައީސް ޑރ. މުޢިއްޒުގެ ލަފާފުޅަކީ ދެކޮޅު ނުޖެހޭ ބަޖެޓަކާއި އެކު ކުރިއަށް ނުދިއުން: ސައީދު
އިންތިހާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ލަފާފުޅަކީ ދެކޮޅު ނުޖެހޭ ބަޖެޓަކާއި އެކު ކުރިއަށް ނުދިއުން ކަމަށް މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީގެ 23 ރައީސް ޑރ. މުހައްމަދު މުއިއްޒު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ސައީދު ވިދާޅުވީ އިންތިހާބީ ރައީސް އެކުލަވާލި ޓީމުން ކުރި މަސައްކަތުން ހޯދި ހޯދުންތަކުގެ އަލީގައި އެމަނިކުފާނުގެ ވަޢުދުފުޅުތަކާއި ކުރިޔަށްގެންދަން ބޭނުންވާ މަޝްރުޢުތައް ހިމަނައިގެން ބަޖެޓް ފައިނަލް ކުރުމަށް އަމާޒުހިފާފައިވާ ކަމަށެވެ.
އަދި މި ސަރުކާރުން މާ ބޮޑު ފަރުވާލެއް ނެތި ހިނގާ ބައެއް މަޝްރޫޢުތައް ވެސް ފާހަގަކުރެވިފައިވާ ކަމަށާއި އޭގެން މަންފާއެއް ނުލިބޭ, ރަނގަޅު ނަތީޖާއެއް ވެސް ނުލިބޭ މަޝްރޫޢުތައް ހިންގަމުންދާ ކަމަށް ސައީދު ވިދާޅުވިއެވެ. ސައީދު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓް 50 ބިލިއަނަށް ވުރެ ބޮޑު ކުރަން މި ސަރުކާރުން ނިންމާފައިވާ ކަން އެނގިފައިވާ ކަމަށާއި އެކަން ވެގެންދާނި ދެކޮޅު ނުޖެހޭ ކަމަކަށް ކަމަށެވެ.
"މި ވާހަކަތައް އަޅުގަނޑުމެން އިންތިހާބީ ރައީސްއާ ހިއްސާ ކުރިން. އެމަނިކުފާނު ދެއްވި އިރުޝާދަކީ އެމަނިކުފާނު ބޭނުމެއް ނުވެއޭ އަންސަސްޓެއިނެބަލް, ކުރިޔަށް ނުގެންދެވޭނ ބަޖެޓެއް ފާސްވާކަށް" ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ ފަންނީ ލަފާގެ މަތިން ބަޖެޓު 49 ބިލިއަނަށްވުރެ ކުޑަ ކުރުމަށް މުއިއްޒު ލަފާ ދެއްވާފައިވާ ކަމަށާއި އިންތިގާލީ މަރުހަލާގެ ކަންކަން މިހާރު ނިމުމަކަށް އައިސްފައިވާއިރު އެއްވެސް ރަށެއްގައި މުހިންމުކަމެއް ދޭންޖެހޭ އެއްވެސް މަޝްރޫއެއް އުނި ނުކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.
މަޖްލީހުގެ ރައީސް އެއީ މަޖްލީހުގެ މެމްބަރުން ވޯޓް ލައިގެން ހޮވާ މަގާމެއް މަޖްލީހުގެ ގިނަ މެމްބަރުން މަޖްލީހުގެ ރައީސް އާއިމެދު ނުރުހުމުން ރަނގަޅުވާނީ އިސްތިއުފާދިނުމޭ އެގޮނޑީގައި ބަގުޑި ބައްދަން ހަދައިގަނެގެންނޭ ރައީސް ޔާމީންގެ ވެރިކަން ކާމިޔާބު ނުވީ ހުރިހާ ވަގުތަކާއި ހަކަތައެއް ރައީސް ޔާމީންގެ ސަރުކާރުން ދުއްވާލީ މަޖްލީހުގެ ރައީސް ކަމުން މަސީހު ކިޔާ މީހަކު ވަކިނުކޮށް ހިފެހެއްޓޭތޯއޭ އެއީ ބޭކާރުކަމެކޭ އަންނަ މީހާ އަންނަންވީ ދާމީހާ ދާންވީއޭ.
މަމެން ދައުވަތު ދިނަސް ތިޔާ މުއިއްޒު ހުވާ ކުރާ ރަސްމިއްޔާތު ކޮތަރު ގުއިރޭ ތަޅުންގަނޑު މަތީގައި ބާއްވާތީވެ ނުދާނަމޭ ރާއްޖޭގައި ސަގާފީ ގޮތުން ކުރަމުން އަންނަ ކަމެކޭ އެއީ ރައީސް ހުވާ ކުރަން ޖެހޭނީ މަޖްލީހުގެ އިދާރާގައި މަޖްލީހުގެ މެމްބަރުން ކުރިމަތީގައޭ ރައީސް ކަމުގެ ހުވާ ކުރުމަކީ އެއީ މުއިއްޒު ތަމެން ނާޗަރަނގީ ކުޅެން ލިބޭ ފުރުސަތެއް ނޫނޭ 3 ހާސް މީހުންނަށް ދައުވަތުދޭ އިރު ބޮޑެތި މުޝްރިކުން ޚާއްސަ ކޮށް އިންޑިއާ ފަދަ ފަލަސްތީނު ރައްޔިތުން މަރަން ހިތްވަރުދޭ ގެރިއަށް އަޅުކަން ކުރާ މޮދީ ބަދަވި ގެނެސްގެން ބާއްވާ ހުވާ ކުރުމުގެ ރަސްމިއްޔާތު މަމެން ބޮއިކޮޓް ކުރަމޭ ބޮއިކޮޓްކުރާށޭ މުއިއްޒުހުވާކުރުމުގެ ޖަލްސާ ބޮއިކޮޓްކުރާށޭ ބޮއިކޮޓްކުރާށޭ ބޮއިކޮޓްކުރާށޭ ބޮއިކޮޓްކުރާށޭ ބޮއިކޮޓްކުރާށޭ ބޮއިކޮޓްކުރާށޭ ބޮއިކޮޓްކުރާށޭ ބޮއިކޮޓްކުރާށޭ ބޮއިކޮޓްކުރާށޭ ބޮއިކޮޓްކުރާށޭ ބޮއިކޮޓްކުރާށޭ ބޮއިކޮޓްކުރާށޭ ބޮއިކޮޓްކުރާށޭ ބޮއިކޮޓްކުރާށޭ ބޮއިކޮޓްކުރާށޭ ބޮއިކޮޓްކުރާށޭ ބޮއިކޮޓްކުރާށޭ ބޮއިކޮޓްކުރާށޭ ބޮއިކޮޓްކުރާށޭ ބޮއިކޮޓްކުރާށޭ ބޮއިކޮޓްކުރާށޭ ބޮއިކޮޓްކުރާށޭ ބޮއިކޮޓްކުރާށޭ ބޮއިކޮޓްކުރާށޭ ބޮއިކޮޓްކުރާށޭ ބޮއިކޮޓްކުރާށޭ ބޮއިކޮޓްކުރާށޭ ބޮއިކޮޓްކުރާށޭ