ޚަބަރު

މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓުގެ ޚިދުމަތް މެދުކެނޑޭނެ

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ސްޓެލްކޯ -- ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް

މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓުގެ ޚިދުމަތް މެދުކެނޑޭނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

Ads by MWSC
މިކަން ހާމަކޮށް، ސްޓެލްކޯއިން ބުނީ އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް މާފަންނާއި, މައްޗަންގޮޅީގެ ކެނެރީ މަގާއި, ސައްޔިދު ކިލެގެފާނު މަގާއި, ބުލްބުލްގޯޅި ހިމެނޭ ސަރަހައްދުން މިއަދު މެންދުރުފަހު ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމަށެވެ.

ކަރަންޓުގެ ޚިދުމަތް މެދުކެނޑޭނީ 14:00 އިން 16:00 އަށް ކަމަށް ސްޓެލްކޯއިން މަޢުލޫމާތުދެއެވެ.

މީގެއިތުރުން ހެންވޭރުގެ ބޮޑުފުންގަނޑުމަގާއި, ހިތިގަސްމަގާާއި, މޫންލައިޓް ހިނގުމާއި, ބުރެވިމަގާއި, ވައިޖެހޭ މަގާއި ހީނާގޯޅިއާއި, ލަންސިމޫ ގޯޅިއާއި ދުބުގަސް މަގާއި, މަޖީދީ މަގު ހިމެނޭ ސަރަހައްދުން މިއަދު މެންދުރު 13:30 އިން 14:45 އަށް
ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!