ޣައްޒާއަށް ބޮން އަޅައި ތަފާތު ޙަމަލާތައް ދެމުން ގެންދާއިރު ބައިނަލްއަޤްވާމީ މުޖުތަމަޢު ކޮބައިތޯ؟: ރައީސް މައުމޫން

ޔަހޫދީ އިޒްރޭލުން ޣައްޒާއަށް ބޮން އަޅައި ތަފާތު ޙަމަލާތައް ދެމުން ގެންދާއިރު، ބައިނަލްއަޤްވާމީ މުޖުތަމަޢު ކޮބައިތޯ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ސުވާލުކުރައްވައިފިއެވެ.
ރައީސް މަޢުމޫން މިހެން ވިދާޅުވެފައި ވަނީ މި މަހުގެ 7 އިން ފެށިގެން އިޒްރޭލުން މެދުކެނޑުމެއް ނެތި ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކަށް އިޝާރާތް ކުރައްވައި، މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން ރައީސް މައުމޫން ވިދާޅުވީ، ރެޔާއި ދުވާލު މެދު ނުކެނޑި އިޒްރޭލުން ޣައްޒާއަށް ބޮން އަޅައި ތަފާތު ޙަމަލާތައް ދެމުން ގެންދާ ކަމަށެވެ.
އަދި ކުށެއްނެތް އެތައް ސަތޭކަ ފަލަސްޠީނުގެ ރައްޔިތުން ކޮންމެ ދުވަހަކު ޝަހީދުވަމުންދާ ކަމަށް ވެސް ރައީސް މައުމޫން ވަނީ ވިދާޅުވެފައެވެ.
ރައީސް މައުމޫން ވަނީ ރެޔާއި ދުވާލު މެދު ނުކެނޑި އިޒްރޭލުން ޣައްޒާއަށް ބޮން އަޅައި ތަފާތު ޙަމަލާތައްދީ ކުށެއްނެތް އެތައް ސަތޭކަ ފަލަސްޠީނުގެ ރައްޔިތުން ކޮންމެ ދުވަހަކު ޝަހީދު ކުރަމުންދާއިރު ބައިނަލް އަޤްވާމީ މުޖުތަމަޢު ކޮބައިތޯ ސުވާލު އުފައްދަވައިފައެވެ.
ރައީސް މައުމޫން މިހެން ވިދާޅުވެފައިވާއިރު، ހައްދުފަހަނަ އަޅާފައިވާ އިޒްރޭލުގެ ޔަހޫދީންގެ ހަމަލާތަށް ބައިނަލްއަޤްވާމީ މުޖުތަމައުން ކުށްވެރި ކުރި ނަމަވެސް، އެ ހަމަލާތައް ހުއްޓުވުމުގައި ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް މާބޮޑު ކަމެއް ކުރެވިފައެއްނުވެއެވެ.
30އަހަރުވެރިކަންކުރިއިރުދުނިޔޭގައިތިބީހުސްކާފިރުވެރިންކަމެއްމަނިކުފާނަކަށްނޭންގޭތައެއީމިހާރުތިބީ(ބޭރުފުށްއިސްލާމްނޭހިއްކާފަރު)މީހުންނެވެ
ކަލޭ ތިސުވާލުކުރަނީ ދިވެހިރައްޔިތުންގެ ކިބައިންތަ ނުވަތަ ނޫސްވެރިންނާތަ؟!