ޚަބަރު ރައްޔިތުންގެ މަޖިލިސް

ރައީސް ނަޝީދުގެ މައްސަލައިގައި އެމްޑީޕީން ސުޕްރީމް ކޯޓަށް!

ރައުފާ ރަޝީދު ، ދެން އޮންލައިން
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަސްލަމް ވާހަކަދައްކަވަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމުގެ މައްސަލަ މިއަދު ކުރިއަށް ނުދިއުމުން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ސުޕްރީމް ކޯޓަށް މައްސަލައެއް ވައްދަން ނިންމައިފިއެވެ.

Ads by STELCO

އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވީ، މިއަދުގެ ޖަލްސާ ކުރިއަށް ނުދިޔަ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމަށް ތައްޔާރުވަމުން ދާ ކަމަށާއި، އެ މައްސަލަ މިއަދުގެ ވަގުތެއްގައި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ފަރާތުން ހުށަހަޅާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަކިކުރުމުގެ ގަރާރު މިއަދަށް އެޖެންޑާކުރުމަށްފަހު އެ މައްސަލަ މިއަދު ކުރިއަށް ނުގެންދެވޭނެ ކަމަށް ވަނީ އަންގާފައެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާކުރި ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް އެންގީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާލާސްކަންފުޅާ އުޅުއްވާތީ މިއަދުގެ ޖަލްސާއަށް ސަލާމް ފޮނުއްވުމުމުންނެވެ.

ނަޝީދުގެ މައްސަލަ މިއަދު ކުރިއަށް ނުގެންދެވުނު ނަމަވެސް މާދަމާއަށް އަލުން އެ މައްސަލަ އެޖެންޑާ ކުރައްވާނެ ކަމަށް މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިޔުޝާ ވަނީ ވިދާޅުވެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!