ޚަބަރު

އަންނަ މަހު 4 ކައުންސިލެއްގެ ބައި-އިލެކްޝަން ބާއްވަނީ

ރައުފާ ރަޝީދު ، ދެން އޮންލައިން

އަންނަ މަހު ހަތަރު ކައުންސިލެއްގެ ބައި-އިލެކްޝަން ބާއްވަން އިލެކްޝަންސް ކޮމިޝަން އީސީ އިން ނިންމައިފިއެވެ.

Ads by MWSC

އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ ހއ. ކެލާ ކައުންސިލްގެ އަންހެން މެންބަރު، އދ. ހަންޏާމީދޫ، ނ. މާފަރު ކައުންސިލް މެންބަރު އަދި ތ. ގުރައިދޫ ކައުންސިލް ރައީސް އިންތިޚާބު ކުރުމަށް ބާއްވާ ބައި- އިލެކްޝަން، 2023 ޑިސެންބަރު 16 ވާ ހޮނިހިރު ދުވަހު ބާއްވާގޮތަށް އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސާފައިވާ ކަމަށެވެ.

މި އިންތިހާބުތަކުގައި ‏ކުރިމަތިލުމަށް އެދޭ މީހުންނަށް އެ ފުރުޞަތު، 2023 ނޮވެންބަރު 01 ވާ ބުދަ ދުވަހުގެ 14:00 ން ފެށިގެން، 2023 ނޮވެންބަރު 16 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށް ވެސް ހަބީބް ވިދާޅުވިއެވެ.

‏މި ބައި- އިލެކްޝަންތަކުގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ، 2023 ޑިސެންބަރު 16 ވާ ހޮނިހިރު ދުވަހުގެ 8:00 އިން 16:00 އަށެވެ. އަދި ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހު ވޯޓު ނަގާ ނިމޭތާ 30 (ތިރީސް) މިނެޓުގެ ހުސްވަގުތުކޮޅަކަށް ފަހުގައެވެ.

ހަބީބް ވިދާޅުވީ މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާން ކުރުމަށް ހަމަޖެހިފައިވަނީ 2023 ޑިސެންބަރު 18 ވާ ހޯމަ ދުވަހު ކަމަށާއި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހުން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމު ކޮމިޝަންގެ ވެބްސައިޓް ⁦‪elections.gov.mv‬⁩ އިން ލިބޭނެ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!