މާލެ ސަރަޙައްދުގައި އެމްއެންޑީއެފްގެ ތަމްރީނުތަކެއް ކުރިއަށްގެންދަނީ

މާލެ ސަރަހައްދުގައި ސިފައިންގެ އަސްކަރީ ތަމްރީންތަކެއް ފަށައިފިއެވެ.
އެމްއެންޑިއެފުން ވިދާޅުވީ ތަމްރީނު ކުރިއަށްދާނީ ކ.މާލެ، ހުޅުމާލެ ފޭސް1 އަދި ފޭސް2، ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓް އަދި މާލެ ކައިރި ކަނޑުގެ ސަރަޙައްދުގައި ކަމަށެވެ.
އިއްޔެ ފެށި މި ތަމްރީންތައް އާދިއްތަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށް އެމްއެންޑީފުން ވިދާޅުވިއެވެ.
މި ތަމްރީނުތަކުގައި ސިފައިން ހަތިޔާރާއެކު ހަރަކާތްތެރިވެ، ސިމިއުލޭޝަންގެ ގޮތުގައި ސިފައިން ބޭނުންކުރާ ހަތިޔާރާއި ބްލޭންކް ވަޒަން ބޭނުންކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ތަމްރީންތަނާ ގުޅޭ އިތުރު ތަފްސީލެއް އެމްއެންޑީއެފުން ދީފައިނުވެއެވެ.