ޚަބަރު ޝަރުޢީ ދާއިރާ

ހައިކޯޓުގެ ފަނޑިޔާރު ޝަކީލް، ރިޓަޔަރ ކޮށްދިނުމަށް ނިންމަވައިފި

ޙައްވާ އިނާޝާ ، ދެން އޮންލައިން

ސިއްޙީ ސަބަބާހުރެ ފަނޑިޔާރުކަމުން ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު ޝަކީލް، ރިޓަޔަރ ކޮށްދިނުމަށް ޖުޑީޝަލް ސާރވިސް ކޮމިޝަން، (ޖޭއެސްސީ) އިން މިއަދު ނިންމަވައިފިއެވެ.

Ads by Sosun Fihaara

މިކަން ހާމަކޮށް ޖޭއެސްސީން ވިދާޅުވީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނާއި، ފަނޑިޔާރުންގެ ރިޓަޔަރމެންޓް ޤަވާދުގެ ދަށުން، ފަނޑިޔާރުކަމުން ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު ޝަކީލް ރިޓަޔަރ ކުރެއްވީ، ހިތުގެ ބައްޔެއްކަމަށްވާ "ސިކް ސައިނަސް ސީންޑްރޯމް" އާލާސް ކަންފުޅުގައި އުޅުއްވާތީ ކަމަށެވެ.

ޝަކީލް ވަނީ މި އާލާސްކަންފުޅާ ގުޅިގެން ދެ ފަހަރެއްގެ މަތިން ޕޭސްމޭކަރ ލައްވައިފައެވެ.

ޖޭއެސްސީން ވިދާޅުވީ މި ބައްޔާހުރެ ފަނޑިޔާރު ޝަކީލަށް މިހާރު ކުރިމަތިވަމުންދާ އުނދާގޫތަކާ ގުޅިގެން ޑޮކްޓަރު ދެއްވާފައިވާ ރެކަމެންޑޭޝަންތަކަށް އެ ކޮމިޝަނުން ބުރަވެފައިވާ ކަމަށެވެ.

އެކަން ކަމަށް ރިއާޔަތްކޮށް ފަނޑިޔާރު އަޙްމަދު ޝަކީލް ވަކިކުރައްވާފައި ވަނީ އެކަމަށް ބޭއްވި ޚާއްޞަ ޖަލްސާއަކުން، އެ ޖަލްސާގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުން ކަމަށް ޖޭއެސްސީން ވިދާޅުވެފައި ވެއެވެ.

ފަނޑިޔާރު ޝަކީލު ފަނޑިޔާރު ކަމުން ރިޓަޔަރ ކުރެއްވީ ފަނޑިޔާރުކަމުގެ މަސައްކަތުގައި 20 އަހަރުގެ ޚިދުމަތަށްފަހުއެވެ. ސިއްޙީ ސަބަބާހުރެ ފަނޑިޔާރުން ރިޓަޔަރކުރުމަކީ ޤާނޫނާއި ޤަވާއިދުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން އެ ކޮމިޝަނުން އަދާކުރަމުންދާ މަސްއޫލިއްޔަތެކެވެ. ޖޭއެސްސީން ވިދާޅުވީ ސިއްޙީ ސަބަބަށްޓަކައި، މި އަހަރު މިހާތަނަށް ހަތަރު ފަނޑިޔާރަކު ވަނީ ރިޓަޔަރ ކުރައްވާފައި ކަމަށެވެ.

  1. ޢަދުލުވެރިކަމުން އެއްކިބާވެ، ރިޝްވަތާއި، މަގާމުގެ ކުރިއެރުމަށް ޙުކުމްކުރި ފަޑިޔާރުން އެދުވަސްނިމި މިދުވަހަށް ކުރިމަތިލާއިރު އަމިއްލަޔަށް ބޭނޫންވާނީ ރިޓަރޔަރވާން.