މެލޭޝިއާގައި ބަންދުކުރި އަބްދުﷲ މުޙައްމަދު ރާއްޖެއަށް ފުރުވާލައިފި

މާލޭޝިއާއަށް އެތެރެ ނުވެވޭ ގޮތަށް ހިފެހެއްޓި އިކޮނޮމިކް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ މުހައްމަދު (މަދަނީ އަބްދުﷲ) މިރޭ މާލެއަށް ފުރުވާލާފައި ވާ ކަަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ ޓެރަރިޒަމްއަށް ހިތްވަރުދޭ ކަމަށް ބުނެއެވެ. އަދި މެލޭޝިއާގެ ކަމާބެހޭ އިދާރާތަކުގެ ތަހުގީގުގެ ބޭނުމަށް އޭނާގެ ފޯނުވެސް އޭރު ވަނީ އަތުލާފައެވެ.
ފޮރިން މިނިސްޓްރީން މަޢުލޫމާތު ދީފައިވާ ގޮތުގައި އިއްޔެ މެލޭޝިއާ އިން ރާއްޖެއަށް ދަތުރުކުރި އެއާލައިނެއްގެ ފްލައިޓަކުން ރާއްޖެ އައުމުގެ މަގު ފަހިކޮށްދީ އެނާ އެ ގައުމުން ފުރުވާލާފައި ވާ ކަމަށެވެ.
އޭނާ މި ފަހުން ފާހަގަ ވެގެން ގޮސްފައި ވަނީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭ މައްސަލައިގައި އަޑުހަރުކޮށް ވާހަކަ ދައްކަވާ ބޭފުޅެއްގެ ގޮތުގައެވެ.