އުންމީދަކީ ގާނޫނު ތަންދޭ އެންމެ ދިގު މުއްދަތަކަށް ޕީޕީއެމް-ޕީިއެންސީން ރާއްޖޭގައި ވެރިކަން ކުރުން: އަދުރޭ

އުންމީދަކީ ގާނޫނު ތަންދޭ އެންމެ ދިގު މުއްދަތަކަށް ޕީޕީއެމް-ޕީިއެންސީން ރާއްޖޭގައި ވެރިކަން ކުރުން ކަމަށް އެ ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.
އައްޑުއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހިތަދޫގައި މިއަދު ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ ވެރިކަމާއި ހަވާލުވުމަށް ފަހު ޕީޕީއެމް-ޕީއެންސީން ކުރިޔަށްދާނީ އެކުވެރިކަމާއި އެއްބައިވަންތަކަމާއެކު ކަމަށެވެ. މިދިޔަ ފަސް އަހަރު އެ ދެ ޕާޓީން ދެއްކީ އެކުވެރިކަމާއި އެއްބައިވަންތަ ކަން ކަމަށް އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒަކީ ގާބިލު ބޭފުޅެއް ކަމަށާއި ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ތެރޭގައި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުތައް ފުއްދަވާނެ ކަމަށެވެ.
އަދި ޕީޕީއެމް-ޕީއެންސީގެ އުއްމީދަކީ ގާނޫނު ތަންދޭ އެންމެ ދިގު މުއްދަތަކަށް ވެރިކަން ކުރުން ކަމަށާއި މުއިއްޒަކީ ނަތީޖާ ނެރެދެއްވާފައި ހުންނެވި ބޭފުޅެއް ކަމަށް އަދުރޭ ވިދާޅުވިއެވެ.