އިންޑިއާ މެއިޑަކު ކުޑަކުއްޖަކަށް އަނިޔާ ކުރި މައްސަލައެއް ތަހުޤީގު ކުރަނީ

މާލޭގެ ގެއެއްގައި ގެންގުޅޭ އިންޑިއާ މެއިޑަކު ކުޑަކުއްޖަކަށް އަނިޔާ ކުރި މައްސަލައެއް ފުލުހުން ތަހުޤީގު ކުރަން ފަށައިފިއެވެ.
ފުލުހުން މިއަދު ވިދާޅުވީ މާލޭގެ ގެއެއްގައި ގެންގުޅޭ އިންޑިއާ މީހަކު އޭނާ ދިރިއުޅޭ ގޭގެ ކުޑަކުއްޖަކަށް އަނިޔާކުރި މައްސަލައެއް މިދިޔަ މަހުގެ 24 ވަނަ ދުވަހު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މިގޮތުން މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 22 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.
އޭނާގެ ބަންދަށް މިދިޔަ މަހުގެ 25 ވަނަ ދުވަހު ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިދީފައިވާ ކަމަށް ފުލުހުން ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން ފުލުހުން ވިދާޅުވީ މި މައްސަލަ އިތުރަށް ތަހުޤީގު ކުރަމުން އަންނަ ކަމަށެވެ.