ލައިފްސްޓައިލް

ފަލަސްޠީނުގެ ރައްޔިތުންގެ އީމާންތެރިކަމުގެ ސަބަބުން ހައިރާންވެ، ޤުރުއާނަށް ހިތްޖެހުނު ޒުވާނެއްގެ ވާހަކަ

ފަތޯނާ ފާއިޒު ، ދެން އޮންލައިން
Palestinian woman Samah Abu Latifa, who fled her home amid Israeli strikes, shelters with her family in a kindergarten, in khan Younis in the southern Gaza Strip, October 10. REUTERS/Ibraheem Abu Mustafa

ފަލަސްޠީނުގެ ޣައްޒާއަށް، ޔަހޫދީން ބޮން އަޅަމުން އަންނަތާ މަސް ދުވަސްވީއެވެ. 10،000އަށްވުރެ ގިނަ މީހުން، ޔަހޫދީންގެ އަނިޔާވެރިކަމުގެ ޝިކާރައަކަށްވެ ޝަހީދު ވެސް ވެއްޖެއެވެ.

Ads by Sosun Fihaara

އިސްލާމީ ދުނިޔެ މި މަންޒަރުތައް ބަލަން ހިމޭނުން ތިބި ކަމަށް ބުނުމަކީ ދޮގަކަށް ނުވާނެއެވެ. ޔަހޫދީން ކުށްވެރިކޮށް ބަޔާންގަނޑެއް ނެރެލުމާއި، މަގުމައްޗަށް ނުކުމެ އިޙްތިޖާޖެއް ކޮށްލުން ފިޔަވައި، ކުރެވޭ އިތުރު ކަމެއް އޮތް ކަމަކަށް ނުވިއެވެ.

މި ޙާލަތުގައި ވެސް ފަލަސްޠީނުގެ ރައްޔިތުން ދައްކަމުންދަނީ އާދަޔާ ޚިލާފު ހިތްވަރެކެވެ. އެމީހުން ބުނަމުންދަނީ، ހެއްދެވި ފަރާތް ފުދޭ ކަމަށެވެ. ކަރުނައިގެ ކޯރެއްގައި ފަތަން ޖެހުނުއިރު ވެސް ކާއިނާތުގެ ވެރި ރައްބަށް ޙަމްދުކޮށް އެ ދައްކަނީ އީމާންތެރިކަމުގެ ލާމަސީލު މިސާލެކެވެ.

މި މަންޒަރުތައް ފެނި، ނަޞާރާ ދީނުގެ ޒުވާން އަންހެނަކު އިސްލާމްދީނާއި ގުޅޭކަންކަން ދެނެގަންނަން ބޭނުންވެ، ކީރިތި ޤުރުއާނުގެ ތަރުޖަމާ ކިޔަން ފެށީއެވެ. މިއީ އެބީގެ ވާހަކައެވެ. ޤުރުއާނުގެ ތަރުޖަމާ ކިޔަމުންދާ އެބީ އަންނަނީ، އެ ފޮތް ކިޔަމުންދާ ވަރަކަށް، އޭނާއަށް ކުރެވެމުންދާ އިޙްސާސްތައް ހިއްސާ ކުރަމުންނެވެ.

އޭނާ ބުނާ ގޮތުގައި، ކީރިތި ޤުރުއާނުގެ އެންމެ 10 ސަފްޙާ ކިޔައިލުމުން، އޭނާއަށް ކުރިން ދުވަހަކު ވެސް ލިބިފައި ނުވާ މިންވަރަށް ހިތްހަމަޖެހުން ލިބިއްޖެއެވެ.

އެބީ ބުނީ ފަލަސްޠީނުގެ ރައްޔިތުންގެ އީމާންތެރިކަމާއި ކެތްތެރިކަމުގެ އަސްލަކީ މި ނޫން ދުނިޔެއެއް ވާކަމާއި، ދާއިމީ ދުނިޔެއެއް އޮތްކަން އެ މީހުން ޤަބޫލު ކުރާތީކަން ޤުރުއާނުން އެނގުނު ކަމަށެވެ.

އަދި މާތް ރަސްކަލާނގެ ހުރިހައި ކަމެއް ބައްލަވާވޮޑިގެންވާއިރު، އަނިޔާވެރިންނަށް ޙައްޤު އަދަބު ދެއްވާނެކަން އަންގަވައި އިންޒާރު ކުރައްވައިފައިވުމުން، ފަލަސްޠީނުގެ ރައްޔިތުންނާއި މެދު ހިތުގައި އޮންނަ މާޔޫސްކަމަށް ތަސައްލީއެއް ލިބިގެންދާ ކަމަށް ވެސް އެބީ ބުންޏެވެ.

 

އަދި އިސްލާމް ނުވިޔަސް، އެބީ ވަނީ ދޮޅިއަޅައި، ނަމާދު ވެސް ކޮށްފައެވެ. އެކަން އޭނާ ކުރީ، ނަމާދުން ކުރެވޭ އިޙްސާސްތައް ދެނެގަންނާށެވެ. އޭނާ ބުނީ ކްރިސްޓިއަނެއްގެ ގޮތުގައި ދުވަހަކު ވެސް ނުކުރެވުނު އިޙްސާސް އެކަމުން ކޮށްފި ކަމަށެވެ.

Ads by HDC
  1. އިޚްލާޞް

    سبحان الله

    • ާައަޙްމަދު

      ﷲއަށް ޙަމްދު ކުރަން