މައްޗަންގޮޅީގެ ސަރަހައްދުތަކުން މިއަދު ކަރަންޓުގެ ޚިދުމަތް މެދުކެނޑޭނެ

މިއަދު ހަވީރު، ވެރިރަށް މާލޭގެ ބައެއް ހިސާބުތަކުން ކަރަންޓުގެ ޚިދުމަތް މެދުކަނޑޭނެ ކަމަށް ސްޓެލްކޯއިން ހާމަކޮށްފިއެވެ.
މިކަން ހާމަކޮށް ސްޓެލްކޯ އިން މިއަދު ބުނީ މައްޗަންގޮޅި ސަހަރާ ހުންނަ ސަރަހައްދަށް ކަރަންޓުގެ ޚިދުމަތް ދިނުމަށް އެޅުނު ވަގުތީ ކޭބަލް ދާއިމީ ކުރުމަށްޓަކައި މައްޗަންގޮޅީގެ އިސްކަންދަރުމަގާއި, އައިމިނަރަނި ހިނގުމާއި, ދެވިނަމަގާއި, ޗާންދަނީމަގާއި, ކާނޭޝަންމަގާއި, ބޮޑުރަސްގެފާނުމަގާއި, މަދޮށިގޯޅި އަދި ނިކަގަސްމަގު ހިމެނޭ ސަރަހައްދުން މިއަދު ހަވީރު 16:00 އިން 16:30 އަށް ކަރަންޓުގެ ޚިހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާކަމެއް ކަމަށެވެ.
ސްޓެލްކޯއިން ވަނީ މިކަމުގެ ސަބަބުން ދިމާވާނެ ދަތިތަކަށް މަޢާފަށް އެދިފައެވެ.
މައްޗަންގޮޅި ސަހަރާ ހުންނަ ސަރަހައްދުން މިފަހުން، މައްސަލައެއް ދިމާވެ ހަތަރުވަރަކަށް ގަޑިއިރަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވެއެވެ.