ޚަބަރު

މަޖިލީހުގެ ރައީސް ވަކިކުރާ ޖަލްސާގައި ނައިބު ރައީސް ނޫން އެހެން މީހަކަށް ރިޔާސަތު ބެލެހެއްޓޭނެ: ސުޕްރީމް ކޯޓް

ރައުފާ ރަޝީދު ، ދެން އޮންލައިން
ދިވެހި ރާއްޖޭގެ ސްޕްރީމް ކޯޓު -- ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް އެޖެންޑާ ކުރާ ޖަލްސާއެއްގެ ރިޔާސަތުގައި މަޖިލީހުގެ ނާއިބު ރައީސް ފިޔަވައި އެހެން މީހަކަށް ރިޔާސަތު ބެލެހެއްޓޭނެ ކަމަށް ސުޕްރީމް ކޯޓުން ވިދާޅުވެއްޖެއެވެ.

Ads by MWSC

އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބައްލަވާ ސުޕްރީމް ކޯޓުގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު މަހާޒު އަލީ ޒާހިރު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް އެޖެންޑާ ކުރާ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓޭނީ ހަމައެކަނި ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސަށް ކަމަށް ކަނޑައަޅައި، އެ މައްސަލަ ރައްޔިތުންގެ މަޖިލީހުން ކުރިއަށް ނުގެންދަން ނިންމާފައިވަނީ ގާނޫނުއަސާސީއާ ހިލާފަށް ކަަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔުގައި ވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަކިކުރުމުގެ ގަރާރު އެޖެންޑާކުރާ ޖަލްސާގެ ރިޔާސަތު ބެލެހެއްޓޭނީ ހަމައެކަނި ނައިބު ރައީސް ކަމަށް މަޖިލީހުގެ އިދާރާއިން ނިންމީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ވަނީ ވިދާޅުވެފައެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ކުރިއަށް ގެންދަނީ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. ފަނޑިޔާރު މަހާޒު އާއި ހުސްނުއްސުއޫދުގެ އިތުރުން ދެން ހިމެނެނީ، ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި، ފަނޑިޔާރު އަލީ ރަޝީދާއި، ފަނޑިޔާރު ޑރ. އިބްރާހިމް މުހައްމަދެވެ.

މަޖިލީހުގެ ގަވާއިދުގައި އޮންނަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމަށް ހުށަހަޅައިފައިވާ މައްސަލައަށް ގޮތެއް ނިންމުމުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން ޖެހޭނީ ނައިބު ރައީސް ކަމަށެވެ. ނަމަވެސް ނައިބު ރައީސަށް ރިޔާސަތު ނުބެލެހެއްޓޭ ހާލަތެއްގައި އަމަލު ކުރަން ޖެހޭ ގޮތެއް ގަވާއިދުގައި ނޯވެއެވެ.

Ads by Allied Insurance
  1. އުވާލާ

    އަންނަ މަހުން ފެށިގެން ކުދި ޕްލާސްޓިކް ފުޅި މަނާކުރުން އެއީ އަނެއްކާ އާންމު ރައްޔިތުން ފެލާލުމޭ ތިމާވެށި ހިމާޔަތް ކުރުމޭ ކިޔާ ތަނެއް ދޮރެއް އަދި ތިމާވެށީގެ ސައެންސް އިލްމްގެ އަލިފުބާ ވެސް ނުދަންނަ ދަ ކިއްލި ތަޅާ ކިޔަވައިގެން އައިސް ހުރި ކަނޑުކޮހަކު ތިމާވެށި މިނިސްޓަރަކަށް ލައިގެން އާންމުން ފެލަނީއޭ މިކަން އަދި 50 އަހަރަށް ލަސްކޮށްލަންވީ ރައީސް މުއިއްޒު ގެ ގަރާރަކުން އެއިރުން މުއިއްޒު އަށް މަޖްލިސް އިންތިޚާބު ކާމިޔާބު ކުރެވޭނެއޭ ޔަގީނޭ ބާތިލް