ޚަބަރު

މަހަށް ނިކުމެ އުޅުނު ދޯންޏެއް ބިންދައިގެން ގޮސްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މަހަށް ނިކުމެ އުޅުނު ދޯންޏެއް ބިންދައިގެން ގޮސްފިއެވެ.

Ads by STELCO

އެމްއެންޑީއެފްއިން ބުނެފައިވަނީ އައްޑޫ ސިޓީގެ ހުޅަނގު އުތުރުން ގާތްގަނޑަކަށް 25 ނޯޓިކަލް މޭލު ބޭރުން، 'އޯކިޑް 707’ މަސްދޯނި ބިންދައިގެން ދިއުމާއި ގުޅިގެން އެ ދޯންޏަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފޯތު ސްކޮޑްރަންއިން ފަށައިފައިވާ ކަމަށެވެ.

މިޙާދިސާގައި ދޯނީގެ ކުރީކޮޅާއި ފަހަތުކޮޅު އެއްކޮށް ވަކިވެފައިވާކަމަށް އެމްއެންޑީއެފްއިން މައުލޫމާތުދެއެވެ.

ދޯނީގައި ތިބީ 10 ދިވެހިންނާއި 13 ބިދޭސީން ކަމަށާއި އެމީހުންގެ ހާލު ރަގަޅުކަމަށް މަޢުލޫމާތު ލިބިފައިވާ ކަމަށް އެމްއެންޑީއެފްއިން ބުނެފައިވެއެވެ. މިސަރަހައްދުގައި ކޯސްޓްގާޑުގެ ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް މިހާރު ހަރަކާތްތެރިވަމުންދާ ކަމަށްވެސް އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!