ޚަބަރު

"ނެއިބާހުޑް ފަސްޓު"ގައި ރާއްޖެއަކީ ހާއްސަ ގައުމެއް: މޯދީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

"ނެއިބާހުޑް ފަސްޓް" ސިޔާސަތުގައި ދިވެހިރާއްޖެއަކީ ޚާއްސަ މަޤާމެއް ލިބިފައިވާ ގައުމެއް ކަމަށް  އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.

Ads by MWSC

ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މޯދީ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އިންޑިއާއާ ރާއްޖެއާ ދެމެދު އުފެދިފައިވާ ގާތް ގުޅުމަކީ ތާރީޚާއި ސަގާފަތުގެ މައްޗަށް ބިނާވެފައިވާ ގާތް ގުޅުމެއް ކަމަށެވެ. އަދި މި ސަރަހައްދުގެ ސަލާމަތާއި ކުރިއެރުމުގެ ތަސައްވަރު ސެކިއުރިޓީ އެންޑް ގްރޯތު ފޯ އޯލް އިން ދަ ރީޖަން (އެސްއޭޖީއޭއާރް) ގާއިމް ކޮށްދިނުމުގައި ވެސް އިސް ދައުރެއް ރާއްޖެ އިން އަދާ ކުރާ ކަމަށް މޯދީ ވިދާޅުވިއެވެ.

މޯދީގެ ބަޔާނުގައި ދެ ގައުމުގެ ރައްޔިތުންގެ އިޖުތިމާއީ އަދި އިޤްތިޞާދު ކުރިއެރުމަށްޓަކައި ރާއްޖެއާ ގުޅިގެން މަސައްކަތް ކުރުމަށް އިންޑިއާ އިން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ވަނީ ދެއްވައިފައެވެ. ހަމައެހެންމެ ކުރިޔަށް އޮތް އަހަރުތަކުގައި މަލްޓި ޑައިމެންޝަނަލް ޕާޓްނާޝިޕް އިތުރު ހަރުފަތަކަށް ކުރިއަރާނެ ކަމުގައި ގަބޫލުފުޅު ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

މި ސަރުކާރުގައި އިންޑިއާއާއި ރާއްޖެއާ ދެމެދުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ކުރިއަރައިގެން ގޮސްފައެވެ. އެގޮތުން އިންޑިއާގެ ގިނަ ޕްރޮޖެކްޓްތަކެއް މި ސަރުކާރުން ވަނީ ފަށާފައެވެ. އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އިންޑިއާއާއެކު ގާތް ގުޅުމެއް ބާއްވާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް މި ސަރުކާރުން އިންޑިއާއާއެކު ގެންގުޅޭ ބައެއް ސިޔާސަތުތައް ކަމުނުދާކަން ފާހަގަ ކުރައްވަމުން ވަނީ ފާޑު ވިދާޅުވެފައެވެ.

Ads by Allied Insurance
  1. ޖެހޭނެއޭ

    އިންޑިއާ ސިފައިން ނުބޭލޭނެއޭ މަޝްވަރާ ކޮށްގެން މުއިއްޒު އަދި އާވާނެއޭ އިންޑިއާ މީހުންނާއި މަޝްވަރާ ކުރަން އެމެން ކޮޅެއް މެދެއް ނުދައްކާނެއޭ ފުރަތަމަ ކަމަކީ އިންޑިއާ އަށް ދައްކަން ޖެހޭ ލޯން ދެއްކުން ކޮންމެހެން ފަސް ކުރަން ނުޖެހޭނެއޭ ފައިސާ ދައްކާ ފަހުގެ ތާވަލް ތަކެއް އެކުލަވާލައިގެން އެއީއޭ ތިޔާ ބުނާ ލޯން ރިސްޓްރަކްޗަރ ކުރުމަކީ މާލެ ސަރަހައްދުގެ ފަޅުތައް ހިއްކާ ބިން ވިއްކާށޭ ހެކްޓަރެއްގެ ބިން 10 މިލިއަން ޑޮލަރަށް ފަޅު އެއްކޮށް ވިއްކާނުލާށޭ އެއީ ގޯހެކޭ އިންޑިއާ ސިފައިން ފުރަތަމަ ހަފްތާ ތެރޭގައި ބޭރުކުރަން ޖެހޭނެއޭ…

  2. ނުވާނެއޭ

    މުއިއްޒުގެ ތަޖްރިބާ މަދުކަމުންނޭ އިންޑިއާ މައްސަލަ ސުލްހަވެރިކޮށް ހައްލުވާނޭ ކަމަށް އެބުނަނީ މަމެން ދަންނަމޭ އިންޑިއަން އެޓިޓިއުޑް އެން ބިހޭވިއަރ ވަރަށް ރަނގަޅަށް އެމެން ދައްކާ ވާހަކަ ދިމާނުވާނެއޭ އިންޑިއާ ސިފައިން ބޭލޭނީ އިންޑިއާ ގާތުން އެހެން އެއްވެސް ކަމެއް ކޮށްދޭން ނޭދި ފުރަތަމަ ކަމަކަށް ވެސް އިންޑިއާ ސިފައިން މިގައުމުން ބާލަން ޖެހޭނެ ކަމަށް އިންޑިއާ ގާތު ބުނެގެންނޭ އެކަން އެމެން ނުކޮށްފިނަމަ ދެން ދާން ޖެހޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށޭ އެނޫން ގޮތަށް މިކަން މުއިއްޒު އަށް ނުވާނެއޭ ނުވާނެއޭ ނުވާނެއޭ ނުވާނެއޭ ނުވާނެއޭ