ބިދޭސީއަކު ގެއްލިގެން ހޯދަނީ

ބިދޭސީއަކު ހޯދުމަށް މޯލްޑިވްސް އިމިގުރޭޝަނުން އިއުލާނުކޮށްފިއެވެ.
މޯލްޑިވްސް އިމިގުރޭޝަނުން ހޯދަން އިއުލާނުކުރީ ބަންގްލަދޭޝަށް ނިސްބަތްވާ ރައްޔިތެއް ކަމަށްވާ މުޙައްމަދު މަމޫން (44އ) އެވެ.
އެގޮތުން އޭނާގެ ފޮޓޯ އާންމުކޮށް އިމިގުރޭޝަނުން ބުނީ 5 ދުވަހުގެ ތެރޭގައި އެ އިދާރާއަށް ހާޒިރުވުމަށް އަންގާ ކަމަށެވެ.
އެހެން ނަމަވެސް އޭނާ ހޯދާ ވަކި ސަބަބެއް އިމިގުރޭޝަނުގެ އިއުލާނުގައި ހާމަކޮށްފައެއް ނުވެއެވެ.
މީގެ އިތުރުން އޭނާާއާ ބެހޭ މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ 7980408 އަށް ގުޅައި އެކަން ހިއްސާ ކުރުމަށް ވެސް އިމިގުރޭޝަނުން ވަނީ އެދިފައެވެ.