ޚަބަރު ސިޔާސީ

މަލަރެސްގެ ފައުންޑަރު އަބާން 100 މީހުނާއެކު ޕީއެންސީއަށް ސޮއި ކޮށްފި

ޙައްވާ އިނާޝާ ، ދެން އޮންލައިން

އޮންލައިން ނޫސް މަލަރެސްގެ ޒުވާން ފައުންޑަރު، އިބްރާހީމް އަބާން ޢަބްދުއްލަތީފު، ޕީޕަލްސް ނެޝަނަލް ކޮންގްރެސް(ޕީއެންސީ) އާއި ގުޅިއްޖެއެވެ.

Ads by Hajj Corporation

މިކަން ހާމަކޮށް އަބާން ކުރި ޓްވީޓެއްގައި ބުނީ 100 ފޯމާއެކު ޕީއެންސީއާ ގުޅިފައިވާ ކަމަށެވެ. އަދި ފާއިތުވި ތިން އަހަރުވެސް މަސައްކަތް ކުރީ އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ އަރިހުގައި ކަމަށެވެ.

އެގޮތުން ޕީއެންސީއަށް ސޮއި ކުރީ ޑރ. މުޢިއްޒުއާއެކު ސިޔާސީ މަސައްކަތް ކުރުމުގެ މަޤްސަދުގައި ކަމަށާއި ޕީއެންސީއާއި ގުޅެން ނިންމީ، އެ ޕާޓީގައި ޒުވާނުންނަށް ފަހި ފުރުޞަތުތަކެއް އޮތް ކަމަށް ޤަބޫލު ކުރެވޭތީ ކަމަށް އަބާންގެ ޓްވީޓްގައި ބުނެފައިވެއެވެ.

އަބާން މިއަދު ވަނީ އޭނާ އާއި، އަލަށް ގުޅުނު މެމްބަރުންގެ ފޯމު ޕީއެންސީގެ ރައީސް އަދި އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި ޙަވާލު ކޮށްފައެވެ.

އަބާންއަކީ ރިޔާސީ ކެމްޕެއިނުގައި ވެސް ޑރ.މުޢިއްޒުގެ ކެމްޕެއިން މަސައްކަތްތަކުގައި އިސް ސަފުގައި މަސައްކަތް ކުރެއްްވި"ޓީމް މުޢިއްޒުގެ" އެއް މެންބަރެވެ.

  1. އަލީ ލަޠީފް

    ސާބަހޭ ޒުވާނުންނޭ…
    ތީގެ ތެރެއަށް އެޑްކޮށްލަންވެއްޖެ މަޝްހޫރު ޓުވިޓާ ލުޖެއިން އެމްވީ ގެ ނަންވެސް.
    ލުޖެއިން ވަނީ 30 އަހަރުން ދަށުގެ 400 ޒުވާނުންނާ އަދި 30 އަހަރުން މަތީ 100 މީހުންނާއެކު ޖުމްލަ 500 މީހުންގެ ސޮޔާއެކު ޕީއެންސީއަށް ސޮއިކޮށް އިންތިހާބީ ރައީސް މުއިއްޒުއާ ފޯމުތައް ހަވާލުކޮށްފަ