ކޯޓު އަމުރެއްގެ ދަށުން އާރްޑީސީއަށް ފުލުހުން ވަދެއްޖެ

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އޮފީސް ތެރެއަށް ފުލުހުން ވަދެއްޖެއެވެ.
އެނގިފައިވާ ގޮތުގައި ފުލުުހުން އާރުޑީސީ އަށް ވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ. މިކަމާއި ގުޅޭ އިތުރު ތަފްސީލެއް އަދި ލިބިފައި ނުވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުންނާ އެކު އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ޓީމެއް ވެސް އާރުޑީސީގެ ތެރޭގައި އަންނަނީ ހަރަކާތްތެރިވަމުންނެވެ.
ކޯޓު އަމުރެއްގެ ދަށުން އާރުޑީސީއަށް ފުލުހުން ވަދެފައިވާއިރު، ދާދި ފަހުން އެ ކުންފުނީގެ ޕެޓީ ކޭޝްގެ މައްސަލައެއް ފެންމަތިވެފައިވެއެވެ.