ޚަބަރު ސަރުކާރު

ލައިސަންސްގެ ތިއަރީ އިމްތިހާނު ޕޮލިޓެކްނިކްސް އިން ހެދޭނެ އިންތިޒާމު ހަމަޖައްސައިފި

ޙައްވާ އިނާޝާ ، ދެން އޮންލައިން

މާދަމާއިން ފެށިގެން ލައިސަންސްގެ ތިއަރީ އިމްތިހާނު ޕޮލިޓެކްނިކްސް އިން ހެދޭނެ އިންތިޒާމު ޓްރާންސްޕޯޓު މިނިސްޓްރީން ހަމަޖައްސަވައިފިއެވެ.

އެ މިނިސްޓްރީން މިގޮތަށް ހަމަޖައްސަވައިފައި ވަނީ  މޯލްޑިވްސް ޕޮލިޓެކްނިކްއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުންނެވެ.

އެގޮތުން މި އެއްބަސްވުން އެކުލަވާލާފައި ވަނީ ޓްރާންސްޕޯޓް މިނިސްޓްރީއާއި ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީއާ ދެމެދު މިދިޔަ އަހަރުގެ ޖޫން މަހުގެ 22 ވަނަ ދުވަހުއެވެ.

މި އެއްބަސްވުމުގެ ދަށުން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ބުދަ ދުވަހުން ފެށިގެން އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ތިއަރީ އިމްތިހާނު، ގްރޭޓަރ މާލެއިން ޚިދުމަތަށް އެދި ސަވާރީ އިންފްމޭޝަން މެނޭޖްމަންޓް ސިސްޓަމް (ސިމްސް) އިން ހުށައަޅާއިރު ތިއަރީ ހަދާ ސެންޓަރެއްގެ ގޮތުގައި މޯލްޑިވްސް ޕޮލިޓެކްނިކް ނެގުމަށް އަންގާފައެވެ.

މީގެ އިތުރުން މި ބަދަލާއެކު ޓްރާންސްޕޯޓް މިނިސްޓްރީއާއި ޕޮލިޓެކްނިކްއިންވެސް މިހާރު އިމްތިހާން ހެދޭނެ ކަމަށް އެ މިނިސްޓްރީން ހާމަކުރައްވައެވެ.

  1. މުހައްމަދު

    ސާމީ އާއި ދެމީހުން ޑީލެއްހެދީ ނޫންބާ؟!

    • ނިކަމެތި ޓީޗަރު

      ހުރިހާ ޓީޗަރުން އެދެނީ އިންތިހާބީ ރައީސް މުއީޒްގެ އަރިހުން ލައިސަންސް ނަގަން ޓީޗަރުންނަށް މިކުރާ ޖެއްސުން އުވާލުމަށް