ޚަބަރު ސިޔާސީ

ޑރ. މުޢިއްޒު ހުވާ ކުރައްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިނުގަންނަވާން، ރައީސް ޔާމީން ނިންމަވައިފި

ޙައްވާ އިނާޝާ ، ދެން އޮންލައިން
ކުރީގެ ރައީސް އަބްދުﷲ ޔާމީން ސުޕްރީމް ކޯޓުން ނިކުމެވަޑައިގަންނަވަނީ

އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުޢިއްޒު ހުވާ ކުރައްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައި ނުގަންނަވަން، ޕީޕީއެމް/ޕީއެންސީގެ ލީޑަރު އަދި ކުރީގެ ރައީސް ޔާމީން ނިންމަވައިފިއެވެ.

Ads by MWSC

މިކަން ކަށަވަރުކޮށްދެއްވާ ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނި ވަޑައިގަންނަވާ ވަކީލް އާދަމް ޝަމީމް "ދެން" އަށް ވިދާޅުވީ މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގަތުމަށް އެދިވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ޔާމީނަށް ދައުވަތު ފޮނުއްވާފައިވާ ކަމަށެވެ.

ނަމަވެސް ޖިނާޢީ ކުށެއް ސާބިތުވެފައިވާ މީހަކު އެފަދަ ކަރާމާތްތެރި، އަދި ހައިބަތުބޮޑު ޖަލްސާއެއްގައި ބައިވެރިވުމަކީ، އެ ޖަލްސާގެ ކަރާމާތާއި ހައިބަތަށް އުނިކަން ލިބޭނޭ ކަމެއް ކަމަށް އެ މަނިކުފާނަށް ފެނިވަޑައިގަންނަވާތީއާއި، އަދި އެއީ ތަހުޒީބީ މުޖުތަމަޢުތަކުގައި ވެސް ޤަބޫލުކުރާ އުސޫލުތަކާ ޚިލާފު ކަމެއް ކަމަށް ފެނިވަޑައިގަންނަވާތީ، އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައި ނުގަތުމަށް ނިންމަވައިފައިވާ ކަމަށެވެ.

އެހެން ކަމުން ރައީސް ޔާމީންގެ ފަރާތްޕުޅުން މިއަދު ވަނީ އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ދަންނަވާފައި ކަމަށް ޝަމީމް ވަނީ ވިދާޅުވެފައެވެ.

އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ ރޭހުގައި ވާދަ ކުރައްވާ ކާމިޔާބު ކުރެއްވީ ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައެވެ. އަދި އެ މަނިކުފާނު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރައްވާނީ މާދަމާ ހަވީރު 16:45 ގައި ޖުމްހޫރީ މައިދާނުގައި ބާއްވާ ޚާއްސަ ރަސްމިއްޔާތެއްގައެވެ.

Ads by Ooredoo
  1. ޤައިދީ އަކު ދިއުން އެހާ ރަގަޅެއް ނުވާނެ !

  2. އެއްލާލާ

    ބޭރު ގައުމު ތަކަށް ދައްކަންތޭ ރާއްޖޭގެ ރައްޔިތުން ރައީސް މީހާ ހޮވަނީ ބޮޑު ނާޗަރަނގީ އެއް ކުޅޭ ގޮތަށް ދެއްކުންތެރިކަން ކުރިއަށް ނެރެގެން ދައުލަތުގެ ބަޖެޓުން 200 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ތިކަން ކުރާއިރު އިސްލާމީ މަރުކަޒު ބުޑުގައި ބޯވައެއް އޮންނަ ހެން އެތިބެނީ ސަލާމް ޖަހާ ޕާރޓޭން މިކަން މުއިއްޒު އަށް ބޭރުމީހުން ނަށް ފޮރުވަން ބޭނުމެއް ނޫން އެކަމަކު ހުވާ ކުރާ ރަސްމިއްޔާތު މިނިވަން ދުވަހުގެ ރަސްމިއްޔާތަށް ވުރެން ޚަރަދު ބޮޑުކޮށް ގެންދިއުމުގެ ބޭނުމަކީ ކޮބާތޭ އެނެރިކާގެ ބައިޑަނޭގެ ޔަހޫދީންގެ ޓީމެއް ކިއެއްކުރަންތޭ ގެނައީ ތިކަމަށް މުއިއްޒު ހުވާ ކުރުމުގެ ރަސްމިއްޔާތަކީ އެއީ ބަރަކާތް ކެނޑިގެންވާ މަގުފުރެދިގެންވާ މުޝްރިކުން ކަންކުރާ ގޮތަށް ކުރާ ކަމަކަށް ވާތީވެ މަމެން ބޮއިކޮޓް ކުރަމޭ ތިކަން ފަލަސްތީނު ރައްޔިތުންގެ ހައްގުގައި މުއިއްޒުގެ ވެރިކަމުގެ ހުވާ ކުރަނީ އާފިލު ކަމުގެ ތެރޭން ދެއްކުންތެރިކަން ކުރިއަށް ނެރެގެން މުއިއްޒުގެ ވެރިކަމުގެ ބަރަކާތް ކެނޑުނީއޭ މަހަށްދޭބަލަ ދެން

    • މުދި

      އިބޫ ވެސް ހަރަދު ކުރި ދޯ ބޯކޮށް؟ ގިނަ ބަޔަކަށް ބައިވެރި ވެވޭހެން ކުރަންވީ ހަމަ، ސަޅިވާނެ ، ޗޯރު އިބޫ

  3. ބަލާތި

    ފަލަސްތީނު ރައްޔިތުން ބޮލަށް ބޮންއަޅާ އެމެން ނައްތާލަމުން އެދަނީ އިޒްރޭލާއި އެމެރިކާ އަޑީގައި ތިބެގެން މާތްވެގެންވާ ހުކުރު ދުވަހު ހަމަ އިސްލާމީ ގައުމެއްގެ ހާކިމާ ހުވާ ކުރާ ރަސްމިއްޔާތު ޚަރަދު ކުޑަކޮށް މަޖްލީހުގެ އިދާރާގައި ކުރެވެން އޮތްވާ ބޮޑެތި ޚަރަދުކޮށްގެން މަޖްލީހުގެ އިދާރާއެއް ބިނާ ކުރާނެ ފައިސާ ޚަރަދުކޮށްގެން މުއިއްޒު ހުވާ ކުރާ ރަސްމިއްޔާތު ބޭްއްވުން އަދި ބައިޑަންގެ ވަފްދެއް އެކަމަށް ގެނައުން މީ ޕީޕީއެމް ގަބޫލުކުކުރާ ގޮތެއް ނޫން ކަށަވަރު ޔަގީން އިނގޭތީވެ މިހެން މިބުނަނީ ލަދުހަޔާތުގެ ކަންފުޅެއް ވެސް މުއިއްޒުގެ ނެތީއޭ އެހެންވީމާ މި ނާޗަރަނގީ ކުޅޭނީ އަދު 1 އިން ފެށިގެން ގޮސް 3 ދުވަސް ވަންދެން ބޯކޮށް ވާރޭވެހި ޖުމްހޫރީ މައިދާނުގަެި ހަދާފައި ހުރި ހުރިހާ ތަކެތި ހަލާކު ކޮށް ނައްތާލާ ވަރު ކުރައްވާނދޭންވެ.
    .

    • ސިބީ

      ތިވަރަށް ދަށު ދަރަޖައިގެ ކަމެއް ތިމާ ގިތް ނުރުހުނަސް ތިކަހަލަ ބަސް ތައް ނުބުނެ ވޭތޯ ބަލާ ތޫފާން އަޔަސް އަންނާނީ ހަމަ އެންމެއްނައް�