ރައީީސްގެ ވާހަކަފުޅުގައި ދޮށީ އުމުރުގެ ރައްޔިތުންނަށް ވިދާޅުވީ، އެ ރައްޔިތުންގެ ކޮނޑުފުޅުމަތީގައި މިއަދުގެ ޖީލުތައް މިއަދާ ހަމައަށް އުފުލައިދިން ކަމަށާއި، އެއީ އަމާނާތްތެރި ހިންމަތްތެރީން ކަމަށެވެ.
ނެތް ވަސީލަތުގައި ހައިހޫނުކަމާއެކު ނުހަނު ދަތިހާލުގައި ރާއްޖެ ބިނާކުރުމުގައި އިއްޔެ އަވަދިނެތި އުޅުއްވީ އިސްރަށްވެހިން ކަމަށާއި، މިކަންކަމުގެ ތަފުސީލު، އަދުގެ ޖީލުތަކަށް ފޯރަން ޖެހޭ ކަމަށެވެ.
އިސްރަށްވެހިން ހަވާސާ ނުކުރައްވާނެ ކަމަށާއި، އޭގެ ބަދަލުގައި އެމަނިކުފާނު އުފައްދާ ސަރުކާރު ވާނީ އިސްރަށްވެހީންނާ ކަވާސާ ސަރުކާރަކަށް ކަމަށް ވިދާޅުވިއެވެ.
 
  
                                                    
 
 
            
                     
            
                     
            
                     
            
                    
 
		
 
		
 
		
 
		
