ރައީސް މުޢިއްޒު ޔޫއޭއީގައި އުޅޭ ދިވެހީންނާއި ބައްދަލުކުރައްވައި، ދަތިވާ ކަންކަން އޮޅުންފިލުއްވައިފި
 
                                                    ޔުނައިޓެޑް އަރަބް އެމިރޭޓްސް(ޔޫއޭއީ)ގައި އުޅޭ ދިވެހީންނާއި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ބައްދަލުކުރައްވައިފިއެވެ.
ރައީސް އޮފީހުން ވިދާޅުވީ މި ބައްދަލުކުރެއްވުމުގައި 200އަށް ވުރެ ގިނަ ދިވެހީން ބައިވެރިވި ކަމަށާއި، އޭގެތެރޭގައި އެ ޤައުމަށް ކިޔަވަން ގޮސް އުޅޭ ދިވެހީން ހިމެނޭ ކަމަށެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހި ކިޔަވާ ކުދީންނާ ދިވެހީނަށް އިސްލާމް ދީނާ ދިވެހިބަހާ ދިވެހި ޤައުމިއްޔަތު އުނގަންނައިދެވޭނެ އިންތިޒާމް ދިވެހި ސަފާރާތައް މެދުވެރިކޮށް ހަމަޖައްސަވައިދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
ބޭރު ޤައުމުތަކުގައި ހުންނަ ދިވެހި ސަފާރާތަކުން އެންމެ އިސްކަން ދޭންޖެހޭނީ އެ ޤައުމުތަކަށް ޒިޔާރަތްކުރާ އަދި އެ ޤައުމުތަކުގައި ދިރިއުޅޭ ދިވެހީންގެ ހާލުއަހުވާލު ބަލައި ކަންކަން ފަހިކޮށް ދިނުމަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވަނީ އެމަނިކުފާނު ރާއްޖެއިން ބޭރަށް ކުރައްވާ ކޮންމެ ޒިޔާރަތެއްގައިވެސް ވަގުތު ލިބިވަޑައިގަތް ވަރަކުން ދިވެހީންނާ ބައްދަލުކުރައްވާ ހާލުއަހުވާލު ބައްލަވައި ސަރުކާރުން ފަހިކޮށްދެވޭނެ ކަންކަމާމެދު މަޝްވަރާ ކުރައްވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.
ރައީސް ދުބާއީއަށް ވަޑައިގެންނެވީ ކޮޕް28 ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށެވެ.
 
 

 
            
                     
            
                     
            
                     
            
                    
 
		
 
		
 
		
 
		
 
		
މިއަދު ދިވެހި މުޖުތަމައުން ފެންނަ ހަޤީގަތަކީ ޔުނިވާރސިޓީގެ ކުލާސްރޫމް ގޮޑީގައި އިށީދެލާ ލެކުޗަރާރ ދައްކާ ވާހަކަ އަޑުއަހާލާނެ ޒުވާނުން މަދުކަން، އެކަމަކު މަގުމަތީގައި އުޅޭ ޕާޓޭ ޒުވާނުން ގިނަކަން ގިނަވާކަން، ވީމާ މިވާގޮތެއް ވެސް ބަލާލަންޖެހޭ !
މުއިއްޒު އިސްތިއުފާ މުއިއްޒު އިސްތިއުފާ މުއިއްޒު އިސްތިއުފާ މުއިއްޒު އިސްތިއުފާ މުއިއްޒު އިސްތިއުފާ