ޚަބަރު ސަރުކާރު

ރައީސުލްޖުމްހޫރިއްޔާއަށް ބޮޑު ރަސްގެފާނުގެ ލަޤަބު އަރުވައިފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ، މަސީން ދޭ އެންމެ ފަޚުރުވެރި ލަޤަބު "ބޮޑު ރަސްގެފާނު ލަޤަބު" ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް އަރުވައިފިއެވެ.

Ads by Hajj Corporation

މިއީ މި ލަޤަބު އެރުވި ފުރަތަމަ ފަހަރެވެ. މި ލަޤަބު ރައީސުލްޖުމްހޫރިއްޔާއަށް އެރުވީ ރޭ ހޮޓެލް ޖެންގައި ކުރިއަށްދިޔަ "އެމް.އެން.އޭ.ސީ.އައި ބިލްޑަރ އެވޯޑްސް 2023" ޙަފުލާގައެވެ.

މި ލަޤަބު ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފައިވަނީ ރާއްޖޭގެ އިމާރާތްކުރުމުގެ ސިނާއަތައް އެމަނިކުފާނު ގެނެސްދެއްވާފައިވާ ކުރިއެރުމާއި ކޮށްދެއްވާފައިވާ ޚިދުމަތުގެ އަގުވަޒަންކޮށް އެކަން ފާހަގަކުރެއްވުމުގެ ގޮތުންނެވެ.

ހައުސިން މިނިސްޓަރުގެ މަގާމުގައާއި މާލޭ ސިޓީ މޭޔަރުގެ މަގާމުގައި ހުންނަވައިގެން އެމަނިކުފާނު ރާއްޖޭގެ އިމާރާތްކުރުމުގެ ސިނާއަތައް ގިނަ ކުރިއެރުންތަކެއް ގެނެސްދެއްވާފައިވާކަން މަސީންވަނީ މި ޙަފުލާގައި ފާހަގަކުރައްވާފައެވެ.

އެގޮތުން ރާއްޖޭގައި މިހާތަނަށް އިމާރާތްކުރެވުނު އެންމެ އުސް އިމާރާތްތައް ބިނާކުރެވިގެން ދިޔައީ އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުންނެވެ.

އޭގެތެރޭގައި އައި.ޖީ.އެމް.އެޗް.ގެ 25 ބުރީގެ އިމާރާތާއި، ހިޔާ މަޝްރޫއު ފާހަގަކޮށްލެވެއެވެ. މީގެއިތުރުން ރާއްޖޭގެ ތާރީޚުގައި އެޅުނު ފުރަތަމަ ބުރިޖު "ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖު" އެޅިގެން ދިޔައީވެސް އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުންނެވެ.

Ads by HDC
  1. ތަމެންދޯ

    ފުރަތަމަ ކަމަކީ ރިސޯރޓްސް ތަކުން މީހުންނަށް ވަޒީފާ ދޭއިރު ސެރޓިފިކެޓް ހުށައަޅައިގެން އަންނަ މީހުންގެ ސެރޓިފިކެޓް ވާން ޖެހޭނީ އެމްކިއުއޭ ގަބޫލުކުރާ ސެރޓިފިކެޓް އަކަށް އެނޫންނަމަ ހަމަވާނީ މިހާރުވެސް ވާގޮތޭ އެކަން ފުރަތަމަ ކުރަންވީ ސަރުކާރުން ޖެހޭނެއޭ ވެރިފައި ކުރަން މަހަކު 1 ހާސް ޑޮލަރަށް ވުރެން މަތީ މުސާރަ އަށް މީހަކު ގެންނަނަމަ އެއީ އެކަން އޮންނަން ޖެހޭނެ ގޮތޭ އެއިރުން ރިސޯރޓް ތައް ވަރަށް އަވަހަށް ދިވެހި ޖީއެމް މެނަށް ބަަދަލުވެގެން ދާނެއޭ އެއީ މިކަން ހައްލުވާނެ ގޮތަކީ…

  2. ވަގުންނޭ

    ދިވެހިންނަށް ދީފައިވާ ލައިސެންސް ތަކާއި އަދި ދިވެހިން ބާކީ ކުރެވޭތޯ ހުރިހާ ރެގިއުލޭޓަރީ އޮތޯރިޓީ ތަކުން މިބަލަނީ ރާައްޖޭގައި އީއައިއޭ ހެދުމުގެ ލައިސެންސް އެބަތިއްބޭ ބޭރު މީހުންނަށް ދީފައި އެމީހުންގެ ސެރޓިފިކެޓްސް ތަކަކީ އެމްކިއުއޭ އިން އެޕްރޫވް ވެސް ނުކުރާ ތަކެއްޗޭ ސަރުކާރުގެ ސިޔާސަތު ތައް ސަރުކާރުގެ ވުޒާރާ ތަކުން ރަނގަޅަށް ތަންފީޒު ކުރާނަމަ ދިވެހި މަސައްކަތް ތެރިންނާއި ގުޅޭ ދާއިރާގެ ހިއްސާ އޮންނަ ދިވެހިންނާއި ވަޒީރުން ބައްދަލު ކޮށް އެމެންގެ ކަންކަން ހައްލުކޮށްދޭނެއޭ އެކަމެއް ނުކުރެއޭ ވައްކަމޭކުރަނީ

  3. ގުއިއްޒު

    ތި ދިޔައީ ގޯސްކޮށް. ރަސް ރަސްގެފާނު ރަނގަޅު

  4. ވަގުންނޭ

    ރަސްމާލެ މަޝްރޫއު އަކީ ސީދާ ލަންކާ ކުންފުންނެއްގެ ވަގުން ތަކާއި މުއިއްޒު އާއި ގުޅިގެން ކުރާ ބޮޑު ވައްކަމެކޭ ވައްކަން ނުކުރާނަމަ ރަސްމާލެ އެއްބަސްވުން ހާމަކުރަންވީ ނޫންތޭ ރަސްވަގު މުއިއްޒު ރަސްވަގު މުއިއްޒު އެމްޓީސީސީގެ ކޮންނަ ބޯޓް އަދި ވެހިކަލްސް ބޭނުންކުރަނީ ތެޔޮދެނީ އެމްޓީސީސީން ދެން ކިހިނެއްތޭ ލަންކާ ކުންފުނި މިމަސައްކަތް ކުރާ ކަމަށް ބެލެވޭނީ މީ ހަމަ ސީދާ މަޖްލިސް އިންތިޚާބަށް ފައިސާ ހޯދަން ވެގެން ހުޅު.ާލޭން 1 ހެކްޓަތުގެ 109 ބިން ލަންކާ ކުންފުންނެއް މެދުވެރިކޮށް ވިއްކާލާ ކަޓްކާލަނީއަޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ކަޓްގެ ގޮތުގައި މުއިއްޒު ބިންތައް ވިއްކައިގެން ބަގަނީ 500 މިލިއަން ޑޮލަރު އެތަނުން ގާސިމަށް 100 ދެން އަންނި އަށް 100 ދެން މައުމޫނަށް 75 މިލިއަން ޑޮލަރު ދެން ބާކީ ހުރި ހުރިހާ ފައިސާ އެއް ބަނޑު އަޅާލަނީ މުއިއްޒު ބޮޑު ވަގު މުއިއްޒު އަޒުލް ކުރޭ