ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުގެ އާ ވުޒާރާތަކަށް ވަގުތީ ގޮތުން ޕާމަނެންޓް ސެކެރެޓަރީން އައްޔަން ކޮށްފިއެވެ.
މި ސަރުކާރުގެ އާ ވުޒާރާތަކުގެ ތެރޭގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ، ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާ، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާ ހިމެނޭހެން އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާ، އަދި ޒުވާނުން ބާރުވެރި ކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާ ހިމެނެއެވެ.
މި ހަތަރު ވުޒާރާއަށް ވަގުތީ ގޮތުން ޕާމަނެންޓް ސެކްރެޓަރީން އައްޔަނު ކޮށްފައިވާ ކަން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އިއްޔެ ވަނީ އެ ވުޒާރާތަކަށް އަންގާފައެވެ.
މީގެ އިތުރުން ސީއެސްސީން ވަނީ މި ވުޒާރާތަކަށް ދާއިމީ ޕީއެސްއިން ހޯދުމަށް އިއްޔެ އިއުލާން ކޮށްފައެވެ.
ސީއެސްސީން ވިދާޅުވީ މި ވުޒާރާތަކުގެ ޕީއެސްއަކަށް އައްޔަނު ކުރާ ބޭފުޅެއްގެ އަސާސީ މުސާރައަކީ މަހަކު 20،500.00 ރުފިޔާއެވެ. އަދި ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު 15،000.00 ރުފިޔާ ލިބޭނެއެވެ.
މި ވުޒާރާތަކުގެ ޕާމަނަންޓް ސެކްރެޓެރީންނަށް އެދި ކުރިމަތިލުމުގެ މުއްދަތު ނޮވެމްބަރު 30 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާނެ ކަމަށް ސީއެސްސީން ހާމަކުރެއެވެ.