ކުޅުދުއްފުށިން ގެއްލިގެން ހޯދަމުން ދިޔަ މީހާ އާއިލާއަށް ގުޅައިފި

ހދ. ކުޅުދުއްފުށިން ގެއްލިގެން ހޯދަމުން ދިޔަ އަބްދުﷲ އިބްރާހީމް، ލަންދޫގެ/ 39އ، ދެ ހަފްތާ ފަހުން އާއިލާއަށް ގުޅައިފި އެވެ.
މިކަން ހާމަކޮށް ފުލުހުން މިއަދު ވިދާޅުވީ ގެއްލިގެން ހޯދަމުން ދިޔަ އަބްދުﷲ އިބްރާހީމް މި މަހުގެ 16 ވަނަ ދުވަހު އާއިލާއަށް ގުޅައި އޭނާ ހުރީ މާލޭގައި ކަމާއި ހާލު ރަނގަޅު ކަމަށް އަބްދުﷲ ބުނެފައިވާ ކަމަށް އާއިލާ އިން ފުލުހުންނަށް އަންގާފައިވާ ކަމަށެވެ.
އަބްދުﷲ ގެއްލިގެން އާއިލާ އިން ފުލުހަށް ރިޕޯޓްކޮށްފައި ވަނީ މި މަހުގެ ތިން ވަނަ ދުވަހުއެވެ. އަދި ފުލުހުން އޭނާ ހޯދަން އިއުލާންކުރީ މި މަހުގެ ހަތަރުވަނަ ދުވަހު އެވެ.