ޚަބަރު

އިންޑިއާގެ ހެލިކޮޕްޓަރާއި ޑޯނިއާގެ ސަބަބުން ފައިދާތަކެއް ލިބުނު, އެކަމަކު ބޭރުގެ ސިފައިންނަށް ރާއްޖޭގައި ނުތިބެވޭނެ: ސަރުކާރު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިއާގެ އަސްކަރިއްޔާގެ ބޭފުޅުންގެ ރާއްޖޭގައި އޮޕަރޭޓް ކުރަމުން އަންނަ ދެ ހެލިކޮޕްޓަރާއި ޑޯނިއާގެ ސަބަބުން ދިވެހިން ފައިދާ ތަކެއް ލިބުނު ކަމަށާއި ނަމަވެސް އެތަކެތި އޮޕަރޭޓް ކުރަން ރާއްޖޭގައި ސިފައިން ނުތިބެވޭނެ ކަމަށް ސަރުކާރުން ހާމަ ކުރައްވައިފިއެވެ,

Ads by MWSC

ސަރުކާރުން މިއަދު ވަނީ ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިންގެ އަދަދު ހާމަކުރައްވާފައެވެ. ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ ފޮރ ޕަބްލިކް ޕޮލިސީ މުޙައްމަދު ފިރުޒުލް ވިދާޅުވީ ރާއްޖޭގައި 77 އިންޑިއާ ސިފައިން ޤާއިމްވެ ތިބި ކަމަށެވެ.

އެކަން ހާމަ ކުރެއްވުމަށްފަހު ފިރުޒުލް ވަނީ މިދިޔަ ފަސް އަހަރުގެ ތެރޭގައި ހެލިކޮޕްޓަރާއި ޑޯނިއާއިން ހިންގި އޮޕަރޭޝަންސްތަކުގެ އަދަދު ހާމަ ކުރައްވާފައެވެ.

"އަޅުގަނޑުމެންނަށް ފާހަގަ ކުރެވިފައިވޭ އިންޑިއާ ސިފައިން ޤާއިމްވެ ތިބޭ ދެ ހެލިކޮޕްޓަރާއި ޑޯނިއާއިންކޮށްފައިވާ މަަސައްކަތްތައް. އެގޮތުން މެޑިކަލް އިވެކްއޭޝަންގެ ގޮތުގައި 661 އޮޕަރޭޝަން. ސާވެލެންސް 220 އޮޕަރޭޝަން. ސާޗް މިޝަންގެ 100 އޮޕަރޭޝަން. މީގެ އިތުރުން އަދި އެއާ ކްރޫ ޓްރާންސްފާ, ކޮވިޑް ސާންޕަލް ކަލެކްޝަން އަދި ވީއައިޕީ އެކިއެކި މަސައްކަތްތައް އަދި ޑިފްންސްއާ ގުޅޭ އެކިއެކި މަސައްކަތްތައް ވެސް ކުރިޔަށް ގެންދެވިފައިވޭ." ފިރުޒުލް ވިދާޅުވިއެެވެ.

"މި މަސައްކަތްތަކުން ދިވެހި ރައްޔިތުންނަށް ފައިދާތަކެއް ލިބިފައިވޭ, އެހެންނަމަވެސް ދިވެހި ރައްޔިތުން އެއްވެސް ޤައުމެއްގެ ރާއްޖޭގެ ސިފައިން ދިވެހި ރާއްޖޭގައި ޤާއިމްވެ ތިބުމެއް."

ފިރުޒުލް ވިދާޅުވީ, ދިވެހިންގެ ނިންމުމާ އެއްގޮށް އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ކުރަން ޖެހޭ މަސައްކަތްތައް ސަރުކާރުން ކުރައްވަމުން ގެންދަވާނެ ކަމަށެވެ.

"ދިވެހިންގެ ނިންމުމާ އެއްގޮތަށް ރައީސުލްޖުމްހޫރިއްޔާ މަސައްކަތްޕުޅުތައް ބައްޓަން ކުރައްވަމުން ގެންދަވާނެ. އެއްވެސް ޤައުމެއްގެ ސިފައިން ރާއްޖޭގައި ޤާއިމްވެ ނެތްކަން ޔަޤީންކަން ކުރެއްވުމަށް ކުރަން ޖެހޭ މަސައްކަތް ކުރައްވާނެ. އެކަންކަން މިހާރު ވެސް ކުރިޔަށް އެބަދޭ" ފިރުޒުލް ވިދާޅުވިއެވެ.

Ads by Allied Insurance
  1. ގައްދާރުންނޭ

    އިންޑިއާ އާއި އެކު ހަދާފައިވާ 100 އަށް ވުރެން ގިނަ އެއްބަސްވުން ތައް ސަރުކާރުގެ ގެޒެޓް ގައި ޝާއިއު ކުރާށޭ އަދި އެހުރިހާ އެއްބަސްވުން ތައް މަޖްލީހަށް ފޮނުވާ މަޖްލީހުގައި ބަހުސް ކުރާށޭ އަދި ހުރިހާ ސިޔާސީ ޕާރޓީ ތަކަށް އެ ހުރިހާ އެއްބަސްވުން ތައް ފޮނުވާ ސިޔާސީ ޕާރޓީ ތަކުގެ ވެރިންނަށް ފެންނަ ގޮތެއް ވެސް ބަލާށޭ ރާއްޖެ ދެވަނަ ފަލަސްތީނަށް ބަދަލުކޮށްލަން ވެގެން އެމެރިކާ އަޑީގައި އޮވެގެން އިންޑިއާ ލައްވާ ކުރުވި ކަމުގެ ތެރެއަށް ރައީސް އިބޫ ދީލާލުން އެއީ ގައުމަށް ގައްދާރުވުމޭ ރައީސް އިބޫ އެއީ ގައްދާރެކޭ އަދި ކެނެރީގެ ނަޝީދު އެއީ ވެސް ގައްދާރެކޭ އަދި ކެނެރީގެ ނަޝީދަކީ ގައްދާރެއްގެ އިތުރުން މުނާފިގެކޭ އޭނާ އަކީ އެއީ އަބޫޖަހުލު ދަރިކޮޅުން ރާއްޖެ އައި ބައެއްގެ ނުވަތު ބުރި ދަރިއެކޭ…

  2. ހާމަކުރާށޭ

    އިންޑިއާ އާއި އެކު ހަދާފައިވާ ސިއްރު ނުރައްކާތެރި ފަލަސްތީނު ވިއްކާލި ފަދަ 100 އަށް ވުރެން ގިނަ ޚާރިޖީ އެއްބަސްވުން ތައް އަވަހަށް ހާމަކުރާށޭ ހެޔޮނުވާނެއޭ ސިއްރުނުކޮށް ތިޔާ ހުރިހާ އެއްބަސްވުން ތައް ހާމަކުރާށޭ ހާމަކުރާށޭ ހާމަކުރާށޭ ހާމަކުރާށޭ ހާމަކުރާށޭ ހާމަކުރާށޭ ހާމަކުރާށޭ ހާމަކުރާށޭ ހާމަކުރާށޭ ހާމަކުރާށޭ ހާމަކުރާށޭ ހާމަކުރާށޭ ހާމަކުރާށޭ ހާމަކުރާށޭ ހާމަކުރާށޭ ހާމަކުރާށޭ ހާމަކުރާށޭ ހާމަކުރާށޭ ހާމަކުރާށޭ ހާމަކުރާށޭ ހާމަކުރާށޭ ހާމަކުރާށޭ ހާމަކުރާށޭ ހާމަކުރާށޭ ހާމަކުރާށޭ ހާމަކުރާށޭ ހާމަކުރާށޭ ހާމަކުރާށޭ ހާމަކުރާށޭ ހާމަކުރާށޭ

  3. ޙަސަން

    ރައްޔިތުންގެ ހިތުގައި ބރުވެރިކަން އުފެއްދީ އިންޑިޔާ ސިފައިން ދެންމެ ދެންމެ މިޤައުމު ހިފައިފާނެ ކަމައް ދައްކާ ރައްޔިތުން މަގުތަކަށް ނެރެ ޖެހި ސަކަރާތް މިހާރު އަހަރެމެންނަށް އެގިއްޖެ

  4. ސޮރީސޮރީ

    އިންޑިއާ އެމްބަސޭ ވަގުތު ކުޑަ ތަން ނުވަނީސް އިންޑިއާ ސިފައިން ރާއްޖޭން އެއްކޮށް ބާލާ ތިޔާ ހެލިކޮޕްޓަރު ގަނޑާއި އަދި ޑޯނިއަރ ގަނޑު ގެންދަންވީއޭ ތަމެން އިންޑިއާ އަށް ގެންގޮސް ތިޔާ ތަކެތި ފިލިޕީންސް އަށް ދީގެން އެމެން ބެބޫ ހައްދައިގެން އެގައުމުގެ އިސްތިގްލާލާއި ކުޅެވޭތޯ ބަލާށޭ އިންޑިއާ އިންޑިއާ އިންޑިއާ އިންޑިއާ ޔޫ ގޮޓާ ގޯ އެން އެންގްރީ އެޓް އޯލް އޮފް އަވަރ އޮނެސްޓީ އޮން އަވަރ ލިބަރޓީ އިޒް އިޓް ޓޫ ލޭޓް ޓު ސޯ ޔޫއާރ ސޮރީ ސޮރީ ސޮރީ ސޮރީ….

    • ވިސްނާ

      ތިބާގެ މަންމަ ހާލުބޮވެ ފަރުވާކުރެވޭ ހިސާބަށް ގެންދެވެންއޮތް އެއްޗަކީ އެ ހެލިކޮޕްޓަރުވިޔަސް އެޔަށް ނާރުވައްޗޭ