ރައީސް ޑރ. މުއިއްޒު ސިފައިންނާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބަންޑާރަކޮށްޓަށް ޒިޔާރަތް ކުރައްވައި ސިފައިންގެ އިސްވެރިންނާ ފުރަތަމަ ފަހަރަށް ބައްދަލު ކުރައްވައިފިއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ، އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑޮކްޓަރު މުހައްމަދު މުއިއްޒުއަށް ދިވެހި ސިފައިން މަރުހަބާ ދެންނެވުމަށް ހާއްސަ ރަސްމިއްޔާތެއް ބާއްވާފައިވާ ކަމަށެވެ.
ބަންޑާރަކޮށްޓަށް ކުރެއްވި ޒިޔާރަތުގައި ރައީސް މުއިއްޒު ވަނީ އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި ސީނިއާ އޮފިސަރުންގެ އިތުރުން އެންލިސްޓެޑް ސިފައިންނާ ބައްދަލު ކުރައްވައިފައެވެ.
މިއީ ސިފައިންގެ މައި މަރުކަޒަށް ރައީސް ޑރ. މުޢިއްޒު ވަޑައިގެން ސިފައިންނާ ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ.