ޚަބަރު

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެގެން ފަރުވާދެނީ

ރައުފާ ރަޝީދު ، ދެން އޮންލައިން

ހުޅުމާލެ ސެންޓްރަލް ޕާކު ކައިރީގައި ކާރަކާއި ތިން ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފިއެވެ.

Ads by STELCO

ފުލުހުން ވިދާޅުވީ ހުޅުމާލޭ ސެންޓްރަލް ޕާކް ކައިރިން ކާރަކާއި 3 ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައިގެން އުޅޭ ކަމުގެ މަޢުލޫމާތު މިރޭ ލިބިފައިވާ ކަމަށެވެ.

އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށާއި މި އެކްސިޑެންޓުގައި 4 މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި އެކްސިޑެންޓާ ގުޅޭ އިތުރު ތަފްސީލް އަދި ލިބިފައިނުވެއެެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!